ކުއްލި ޚަބަރު

މިފްކޯގެ ފިހާރައެއް ލަންކާގައި ހުޅުވަން މަޝްވަރާކުރަނީ

ބުޅާ ފެސިލިޓީއަށް އިތުރު ބުޅާ ގެންދަން ފަށައިފި

އުއްތަމަފަނޑިޔާރު ކަމަށް ޣަނީ އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭން ނިންމައިފި

އިންގްލޭންޑް އިންޑިޔާ އަތުން އަނެއްކާވެސް ބަލިވެއްޖެ

70c636a0 Dff3 11ef B989 9b0a61de45dd.jpg

އެއް ދުވަހުގެ ބައިނަލްއަގްވާމީ ކްރިކެޓް މެޗެއްގައި އިންޑިޔާ އާއި އިންގްލެންޑް ބައްދަލުކުރި މެޗުން އިންގްލެންޑް ބަލިވެއްޖެ އެވެ. އަހުމަދާބާދުގައި ކުޅުނު މި މެޗުން އިންޑިޔާ މޮޅުވެފައިވަނީ 142 ލަނޑުންނެވެ.

ކުރިއަށް އޮތް ޗެމްޕިއަންސް ޓްރޮފީ އަށް ތައްޔާރުވުމުގެ ގޮތުން މިހާރު ކުޅެމުންދާ މެޗުތަކުގެ ތެރެއިން އިންގްލެންޑް އިން އިންޑިޔާއަށް ކުރަމުންދާ ދަތުރުގައި ކުޅުނު މި މެޗުގައި އިންޑިޔާއިން ވަނީ ފުރަތަމަ ކުޅެން އަރާ ފަންސާސް އޯވަރުގެ ތެރޭގައި 356 ލަނޑު ހަދާފައެވެ. އިންޑިޔާގެ ގިލް ވަނީ 112 ލަނޑު ހަދާފައެވެ.

ޖަވާބުގައި އިންގްލެންޑް ކުޅެން އަރާ 34.2 އޯވަރުގެ ތެރޭގައި އެންމެން ނުބައިވެގެން އެ ޓީމަށް ހެދިފައިވަނީ 214 ލަނޑެވެ. އިންގްލެންޑްގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުން އެ ޓީމު ބަލިވެފައިވާއިރު މީގެ ކުރިން އިންޑިޔާ އާއި ދެކޮޅަށް ކުޅުނު އެއް ދުވަހުގެ އިންޓަރނޭޝަނަލް ދެ މެޗުންވެސް އިންގްލެންޑް ވަނީ ބަލިވެފައެވެ.

މި މެޗަށްފަހު އިންގްލެންޑްގެ ކެޕްޓަން ޖޮސް ބަޓްލާރ ބުނެފައިވަނީ އެ ޓީމުން ރަގަޅަށް ކުޅުނު ނަމަވެސް އިންޑިޔާ އެ ޓީމަށްވުރެ މާ މޮޅަށް ކުޅެފައިވާ ކަމަށެވެ. “އަޅުގަނޑުމެން ކުޅުންތެރިންގެ ގޮތުގައި އަމިއްލަ އަށް ރަގަޅު ކުރަން ޖެހޭ ކަންކަން ރަގަޅުކޮށްގެން މިއަށްވުރެ ރަގަޅު ނަތީޖާތަކެއް ހޯދޭނެ,” ބަޓްލާރ ވިދާޅުވިއެވެ.

މި ބަލިވުމާއެކު އިންގްލެންޑްގެ ޓީމަށް ވަނީ ބޮޑު ޕްރެޝަރެއް ކުރިމަތިވެފައެވެ. ކުރިއަށް އޮތް ޗެމްޕިއަންސް ޓްރޮފީގައި ރަނގަޅު ނަތީޖާއެއް ހޯދުމަށް އިންގްލެންޑްގެ ޓީމުން އިތުރަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ކްރިކެޓް ތަޙްލީލްކުރާ ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

health ministry

ދުންފަތުގެ ބާވަތްތައް ވިއްކަން 209 ލައިސެންސް ދޫކޮށްފި

igmh

މާލޭ ސަރަޙައްދުގެ ހޮސްޕިޓަލްތަކަށް 500އަށްވުރެ ގިނަ މުވައްޒަފުން އިތުރުކުރެވިއްޖެ: ޙަލީމް

އުރީދޫން ސަބްމެރިން ކޭބަލް އެޅި ފުރަތަމަ ރިސޯޓަކަށް ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި

މާރާމާރީ

މާލޭގައި މާރާމާރީއެއް، ފުލުހުން ދިޔައިރު އެމީހުން ފެންނާކަށް ނެތް! 

ELL Mobile Advertisement TTH_advertisement