ކުއްލި ޚަބަރު

ގޭންގު ކުށްތަކުގެ ޤާނޫނަށް ޢަމަލުކުރަން ފަށައިފި

ސައްހަ ނޫން އަކެޑެމިކް ސެޓްފިކެޓް ހުށަހެޅުމާއި ބޭނުންކުރުމުގެ މައްސަލަތައް ފުލުހުންނަށް ހުށަހެޅުން އިތުރުވެއްޖެ

 ބީއެމްއެލް އިން ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި ހަފްތާ ތެރޭގައި އޭޓީއެމް ޚިދުމަތް ގާއިމުކުރަނީ

ގާސިމްގެ ބައޮގްރަފީ އޮންލައިންކޮށް މިހާރު ކިޔާލެވޭނެ

Ujhnk

ރާއްޖާގެ ތަޖުރިބާކާރު ނޫސްވެރިއެެއް ކަމަށްވާ މުހައްމަދު ޖަމީލު ލިޔުއްވާ 800 އަށް ވުރެ ގިނަ ސޮފްހާގެ މައްޗަށް އެކުލެވޭ ބައޮގްރަފީ މިހާރު އޮންލައިންކޮށް ކިޔާލެވޭނެއެވެ.
މި ބައޮގްރަފީ މިއަށް ހާއްސަކޮށް ލޯންޗްކުރި ވެބްސައިޓް https://qasimibrahim.bio/ އިން ވެސް ކިޔައިލެވޭނެ އެވެ. އަދި އެ ޑައުންލޯޑް ކުރެވޭ ގޮތް ވެސް ހަދާފައިވާ އިރު، ބައޮގްރަފީގެ އަޑު އަހައުލެވޭ ގޮތް ވެސް ހަދާފައިވެ އެވެ.

“ގާސިމް އިބްރާހީމް: ލާމަސީލު ދިވެހި ރައްޔިތެއް” ހުލާސާއެއްގެ ގޮތުގައި ގާސިމު ވިދާޅުވެފައި ވަނީ މި ފޮތަކީ އޭނަގެ ހަޔާތުގެ އެންމެ މުހިއްމު ސަފްހާތައް ކަމަށެވެ.

އަޅުގަނޑު ކާބަފައިންނާއި އަޅުގަނޑު ދުނިޔެއަށް އުފަންވީއްސުރެ މިހާތަނަށް އަޅުގަނޑާ މެދު ކަންކަން ހިނގަމުންދިޔަ ގޮތާއި، އަޅުގަނޑު ކަންތައް ކުރި ގޮތެވެ. މިހެން ދެންނެވިޔަސް ވޭތުވެދިޔަ ދިގު މާޒީގައި ހަނދާނުން ކައްސާލާފައިވާ ކަންތައްތަކެއް ހުރެދާނެ އެވެ. އަޅުގަނޑުގެ ހަޔާތުގައި ހިނގާފައިވާ ކޮންމެ ކަމެއްގެ އެންމެ ފުރިހަމަ ތަފްސީލަށް ދިޔުމަކީ މިފަދަ އެއް ފޮތަކުން ދެ ފޮތަކުން ފުއްދާލެވޭ ވަރަށްވުރެ ދިގު ވާހަކަތަކެކެވެ-  ގާސިމް ވިދާޅުވެފައިވެ އެވެ.

ގާސިމަކީ އެތައް ގޮތަކުން ގައުމުގެ ވަރަށް ބޮޑު ހިދުމަތްތެރިއެކެވެ. އަމިއްލަ ވިޔަފާރީގެ އިތުރުން އޭނަ އަކީ ތައުލީމީ އެތައް ބަޔަކު ވެސް އުފައްދާފައިވާ ބޭފުޅެކެވެ. އެގޮތުން ރާއްޖެ އިން ބޭރަށް ފޮނުވައިގެން ސްކޮލަޝިޕްތަކުގެ ދަށުން އެތައް ރޮނގަކުން އެތައް ބަޔަކަށް ގާސިމް މަތީ ތައުލީމުގެ ފުރުސަތު ހޯއްދަވައި ދެއްވާފައިވެ އެވެ.

މީގެ އިތުރުން ގާސިމަކީ ވިލާ ކޮލެޖާއި ވިލާ އިންޓަނޭޝަނަލްގެ ނަމުގައި ހައި ސްކޫލެއް ވެސް ހިންގަމުން ގެންދަވާ ބޭފުޅެކެވެ. އޭނަ އަމިއްލަ އެއާލައިނަކާއި އަމިއްލަ ޓީވީ ސްޓޭޝެއް ވެސް ހިންގަވަ އެވެ. ގާސިމަކީ ރާއްޖޭގެ ރިސޯޓް ވިޔަފާރިގައި ވެސް އެންމެ ފާހަގަކޮށްލެވޭ އެކެކެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާތާ ގިނަ އަހަރުތަކެއްވެފައިވާ ގާސިމަކީ އޭނަ އަކީ ސަރުކާރެ އިސް މަގާމުތަކެއް ވެސް ފުރުއްވި ބޭފުޅެކެވެ. އޭގެ ތެރޭގައި ފިނޭންސް މިނިސްޓަރިކަމާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރުކަން ވެސް ހިމެނެ އެވެ.

 

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނައިވާދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރަން އެމްޓީސީސީ އާ ހަވާލުކޮށްފި

އެޗްއާރުސީއެމަށް އައްޔަންކުރަން ރައީސް ފޮނުއްވި ތިން ބޭފުޅުންވެސް ގާބިލު ކަމަށް ކޮމިޓީން ފާސްކޮށްފި

B 202508250242571756114977.5654

ހަތަރުހާސް ފްލެޓު ސަރަހައްދުގައި ބަސް ސްޓޮޕެއް ގާއިމުކޮށްފި

Main 20250825 151153

ނެއްލައިދޫގައި ޤާއިމުކުރި އޭޓީއެމްގެ ޚިދުމަތް ރައީސް އިފްތިތާޙުކޮށްދެއްވައިފި

TTH_advertisement ELL Mobile Advertisement