ކުއްލި ޚަބަރު

މާލޭގެ ދެ ގެއަކުން 442 ވޭޕް ކާޓްރިޖާއި ދެ ކާޓަން ސިނގިރޭޓު ހޯދައިފި

ކާރު ރަޖިސްޓްރީކުރާއިރު ގަރާޖު ހުއްދަ ހުށަހަޅަން ނުޖެހޭގޮތް ހަދަނީ

ކައުންސިލް އިންތިހާބުގެ އޮފިޝަލުން ހޯދަން ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފި

އޭސީސީގެ ނައިބަކަށް އަހުމަދު ނާޝިދު އައްޔަންކުރަން ހުށަހަޅުއްވައިފި

Large Thumb 1739252666335

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނައިބު ރައީސްކަމުގެ މަޤާމަށް އައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައު ނަމެއް ރައު ނަމެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިއްޔެ ހުށަހެޅުއްވި އަޙްމަދު ނާޝިދުގެ ނަން އަނބުރާ ގެންދަވައި، މިއަދު އައު ނަމެއްގެ ގޮތުގައި އޭސީސީގެ މެންބަރު ޢަބްދުﷲ ނާޝިދުގެ ނަން ހުށަހަޅުއްވާފައިވެއެވެ. މި ބަދަލު ގެންނެވި ސަބަބު ސާފުކޮށް ބަޔާންކުރައްވާފައި ނުވިނަމަވެސް، މި އައު ހުށަހެޅުން ދިރާސާކޮށް ފާސްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެއެވެ.

މަޖިލީހުގެ ރިޔާސަތުން ވަނީ މި މައްސަލަ ދިރާސާކުރުމަށްޓަކައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވާފައެވެ.

ޢަބްދުﷲ ނާޝިދަކީ އިންޑިއާގެ ރީޖަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން މާސްޓަރ އޮފް އެޑިއުކޭޝަން ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާގެ މަސައްކަތުގެ ތަޖުރިބާގެ ތެރޭގައި އާސަންދަ ކުންފުނީގެ އެކި ޑިޕާޓްމަންޓުތަކުގެ މެނޭޖަރުކަން ހިމެނެއެވެ. ޢަބްދުﷲ ނާޝިދާއި އަޙްމަދު ނާޝިދު އޭސީސީގެ މެންބަރުކަމަށް އައްޔަނުކުރެވިފައިވަނީ މިދިޔަ ޖަނަވަރީ 26 ވަނަ ދުވަހުއެވެ.

މިހާރު އޭސީސީގައި ހިމެނިވަޑައިގަންނަވާ އެހެން މެންބަރުންނަކީ ކޮމިޝަންގެ ރައީސް އާދަމް ޝާމިލް، އަޙްމަދު ނާޝިދު، ޝަޒްނާ ހާޝިމް އަދި ޝިޔާމާ މުޙައްމަދެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފައިނޭންޝަލް އިންކުލޫޝަން ސްޓްރެޖެޓީއާއި، ފައިނޭންސް ރޯޑްމެޕް އިފްތިތާހުކޮށްފި

Tholal

ބައިނަލްއަޤްވާމީ މުބާރާތްތަކަށް ރާއްޖެއަށް ފުރުސަތު ލިބުމަކީ ލިބޭފަހި ފުރުސަތެއް: ޠަލާލު

ރައްޔިތުންނަށް ލުއިތައްދެމުންދަނީ އިގުތިސާދަށް ގެއްލުން ނުވާގޮތަށް ރަނގަޅަށް ބަލައިގެން: ރައީސް

school darivarun

ދަރިވަރުންނަށް ކްލާހުގައި ފޯނު ބޭނުން ނުކުރެވޭނެ

TTH_advertisement