ކުއްލި ޚަބަރު

އަދާލަތު ޕާޓީގެ ރައީސް ކަމަށް ޝައިޚް ޝިފާން އިންތިޚާބުވެއްޖެ

އެމްއޭސީއެލް އިން ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ފަށައިފި

ފްރީ ސްޓޯރޭޖަށް ވިޔަފާރި ބަނދަރުގެ އޯޕަން ސްޓޯރޭޖް އޭރިޔާ ދޭ މުއްދަތަށް ބަދަލެއް

ޑަބްލިޔުއެޗްއޯގެ އެގްޒެކެޓިވް ބޯޑު ބައްދަލުވުމަށް ސިއްޙީ ވަޒީރު ސްވިޒަލޭންޑުގެ ޖެނީވާއަށް

Big Mv1pav2ez5e2xogpzblovime1

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ 156 ވަނަ އެގްޒެކެޓިވް ބޯޑު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް، ދިވެހިރާއްޖޭގެ ޞިއްޙީ ވަޒީރު އަލްފާޟިލް ޢަބްދުﷲ ނާޡިމް އިބްރާހިމް ސްވިޒަލޭންޑުގެ ޖެނީވާއަށް ވަޑައިގެންފިއެވެ. މި ބައްދަލުވުމަކީ ޖަނަވަރީ މަހުގެ 3 އިން 11 އަށް ކުރިއަށްދާ، ދުނިޔޭގެ 34 ޤައުމެއްގެ ޞިއްޙީ ދާއިރާގެ އިސް ފަރާތްތައް ބައިވެރިވެވަޑައިގަންނަވާ، ބައިނަލްއަޤްވާމީ ފެންވަރުގެ މުހިންމު ނިންމުންތަކެއް ނިންމޭ ބައްދަލުވުމެކެވެ.

ދިވެހިރާއްޖެއިން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ އެގްޒެކެޓިވް ބޯޑު މެންބަރެއްގެ ހައިސިއްޔަތުންނެވެ. އަދި މި ފަހަރުގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ވައިސް ޗެއަރގެ މަޤާމު އަދާކުރައްވާނެއެވެ.

މި ބައްދަލުވުމުގައި، މިދިޔަ އަހަރު ބޭއްވުނު ރީޖަނަލް ކޮމިޓީ ބައްދަލުވުންތަކުގެ ނިންމުންތަކާއި، ޕްރޮގްރާމް، ބަޖެޓް އަދި އެޑްމިނިސްޓްރޭޓިވް ކޮމިޓީ ބައްދަލުވުމުގެ ރިޕޯޓުތަކާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތްތަކެއް ނިންމުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މި އަހަރުގެ 78 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ އެޖެންޑާތަކާ ގުޅޭގޮތުން ވެސް ޚިޔާލު ބަދަލުކޮށް، މުހިންމު ނިންމުންތަކެއް ނިންމޭނެއެވެ.

މި ބައްދަލުވުމުގެ އިތުރު ބައްދަލުވުންތަކުގައި، ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށްޓަކައި އެހެން ޤައުމުތަކާއެކު މަޝްވަރާކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި މަޝްވަރާތަކުގައި، ޞިއްޙީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމާއި، އާންމު ޞިއްޙަތު ރައްކާތެރިކުރުމާއި، އަދި ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގައްދޫ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށައިފި

ދުންފަތުގެ އިސްތިމާލު ނުކުރާ ރަށެއްގެ ގޮތުގައި ކަނޑައަޅާނީ ބައިނަލްއަޤުވާމީ މިންގަނޑުތަކުން: ނާޡިމް

މުޅި ރާއްޖޭގެ ޞިއްޙީ ހާލަތު ދެނެގަތުމަށް އަންނަ އަހަރު ދިރާސާއެއް ފަށަނީ

ދިގުރަށު ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހުޅުވައިފި

TTH_advertisement