ކުއްލި ޚަބަރު

ސްކޭމްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

މަސްޖިދުއްނަބަވީގެ އިމާމު ރާއްޖެ ވަޑައިގަންނަވައިފި

ތާރީޚީ ދުވަހެއް: 40 އަހަރަށްފަހު ޙަރަމްފުޅުގެ އިމާމެއް މިއަދު ރާއްޖެއަށް!

ސިފައިންނާއި ފުލުހުން އިތުރުކުރުމަށް ޤައުމީ ޚިދުމަތުގެ ޕްރޮގްރާމް ފަށަނީ

Viber Image 2024 07 20 23 26 45 602 84326b7483

ސިފައިންނާއި ފުލުހުންގެ އަދަދު އިތުރުކުރުމަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމް ފެށުމަށް ސަރުކާރުން ވަނީ ތައްޔާރުވެފައެވެ. މި ޕްރޮގްރާމަކީ ސްކޫލް ނިމޭ ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ޕްރޮގްރާމް ހިންގުމަށް ނިންމަވާފައިވާކަން އިޢުލާނުކުރެއްވީ ނަޞްރުގެ ދުވަހުގެ މުވަހުގެ މުނާސަބަތުގައި ބޭއްވުނު ރަސްމީ ޖަލްސާގައެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ޤައުމުގެ މިނިވަންކަން ހިމާޔަތްކުރުމަށްޓަކައި އަސްކަރީ އަދި ދިފާޢީ ބާރު އިތުރުކޮށް ވަރުގަދަކުރުމެވެ.

ޕްރޮގްރާމް ފެށުމަށްޓަކައި ރައީސް އޮފީހުގައި ނޭޝަނަލް ސަރވިސް ކޯޑިނޭޝަން ސެކްރެޓޭރިއެޓް ސެކްޝަނެއް ވަނީ އުފައްދާފައެވެ. މި ސެކްޝަނަށް ޑެޕިއުޓީ ޑިރެކްޓަރަކާއި އެސިސްޓެންޓް ޑިރެކްޓަރެއް ހޯދުމަށް މިހާރު ވަނީ އިޢުލާނުކޮށްފައެވެ.

ޤައުމީ ޚިދުމަތުގެ ޕްރޮގްރާމްގައި އުމުރުން 16 އަހަރުވެފައިވާ ކުދިންނަށް ބައިވެރިވެވޭނެއެވެ. މި ޕްރޮގްރާމް ހިންގުމަށް ކޮންމެ އަހަރަކު 400 މިލިއަން ރުފިޔާ ބަޖެޓްކުރުމަށް ވަނީ ނިންމާފައެވެ. އަދި މި ޕްރޮގްރާމުގެ ސަބަބުން ސިފައިންގެއަށް 4,000 މީހުންނާއި ފުލުހުންގެ ޚިދުމަތަށް 1,000 މީހުން އަލަށް ގުޅޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

މި ޕްރޮގްރާމާ ގުޅޭގޮތުން ޤާނޫނެއް އެކުލަވާލުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. މި ޕްރޮގްރާމުގެ ސަބަބުން ވަޒީފާއެއް ނުލިބި ނުވަތަ މަތީ ތަޢުލީމުގެ ފުރުޞަތު ނުލިބޭ ކުދިންނަށް ރަނގަޅު ތަމްރީނަކާއެކު ވަޒީފާގެ ފުރުޞަތު ލިބިގެންދާނެކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ހިޔާވަހި ފައިނޭންސިންގ ސްކީމަށް ކުރެހުން ހުށަހެޅުމުގައި އިތުރު ލުއިތަކެއް

police-vcle

ކެފޭއެއްގެ ތެރޭ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

Large 170438918518svvb

ސަރުކާރުން ހިންގާ މަޝްރޫއުތަކުން އަމިއްލަ ކުންފުނިތައް ބާކީ ނުކުރާނެ: ސައީދު

367637 c81b0517 b

ބަންކަރިން ހިދުމަތުން ފައިދާވޭ: ސައީދު

TTH Advertisement MTCC Advertisement