ކުއްލި ޚަބަރު

ކައުންސިލް އިންތިޚާބުގެ ޕީއެންސީގެ ކެމްޕޭން މެނޭޖަރަކީ ފަލާހު

ޤުރުއާނުގެ އިލްމު ފެތުރުމަކީ ވަރަށް މަތިވެރިކަމެއް: ޑރ. ޝަހީމް

ފައިސާއަށް ހަށިވިއްކި ދެ މީހަކު ތިނަދޫން ހައްޔަރުކޮށްފި

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓަރީވުމަށް އީ-ފާސް ބޭނުންކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވިއްޖެ

Giw2sm7ayaaxeq

އިލެކްޝަންސް ކޮމިޝަނުން ނެޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އާއެކު ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އީ-ފާސް މެދުވެރިކޮށް ރަޖިސްޓަރީވެވޭނެ ނިޒާމެއް ޤާއިމުކުރުމާ ބެހޭގޮތުން މަޝްވަރާކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވިގޮތުގައި، މި މަޝްވަރާތަކުގައި އީ-ފާސް ބޭނުންކޮށްގެން ޕާޓީތަކުގައި ރަޖިސްޓަރީވުމުން ޕާޓީތަކަށާއި އާންމުންނަށް ދިމާވެދާނެ ގޮންޖެހުންތަކާ ބެހޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. އަދި އީ-ފާސް މެދުވެރިކޮށް ޕާޓީތަކުގައި ރަޖިސްޓަރީވެވޭނެ ޕޯޓަލެއް މިހާރު ވަނީ ޑިޒައިންކުރެވިފައެވެ.

އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ ޑިޖިޓަލް އައިޑެންޓިޓީ ނިޒާމު، އީ-ފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓަރީވުމަށް އެދި ހުށަހެޅޭނެ ގޮތް ހަމަޖެއްސުމަށެވެ. މިއާ ގުޅިގެން، މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ޕާޓީތަކަށް ވަނުމަށް އެދި ހުށަހަޅާ ކަރުދާސް ފޯމު ބަލައިގަތުން ވަނީ ހުއްޓާލާފައެވެ.

މި ބަދަލު ގެނައުމުގެ މަޤްޞަދަކީ މީހުންނަށް ނޭނގި އެކި ޕާޓީތަކަށް ވައްދާ މައްސަލަ ޙައްލުކުރުމާއި، ޕާޓީތަކުގެ ދަފްތަރުގެ ޞައްޙަކަން އިތުރަށް ކަށަވަރުކުރުމެވެ. މިއީ ކޮންމެ އަހަރެއްގެވެސް ނިމޭ ހިސާބާ ދިމާކޮށް ޕާޓީތަކަށް މެންބަރުން އިތުރުކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން އުފެދޭ މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދުމަށް އަޅާ މުހިންމު ފިޔަވަޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އަހުމަދުބެ
މެމްބަރުންގެ ނިސްބަތުން ސިޔާސީ ޕާޓީތަކަށް ދޭ އެލަވަންސް ކަޑާލީމާ ތިކަން ހައްލުވީ އެއިރުމް މީހަކު ވައްދާކަށް ނޫޅޭނެ އެއްވެސް ޕާޓީއަކަށް
އ އިޒްހާދު
އީފާސް މެދުވެރިކޮށް ރެޖިސްޓުރީވާން އެއީ އެެއްމެ ރަގަޅުގޮށް ތިކަމަށްވެސް ތިމީހިން އިދިކޮޅުހަދާނެ އެއިރުންތާ އޮޅުވާނުލެވޭނީ

ގުޅުންހުރި

Election commission

ކައުންސިލް އިންތިޚާބުގައި މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދަނީ

Election commission

ސިޔާސީ 5 ޕާޓީއަކަށް 27 މިލިޔަން ރުފިޔާ ދޫކޮށްފި

ސިވިލް ކޯޓުގެ ހުކުމާއެކު ލޭބަރ ޕާޓީ އިއާދަކޮށްފި

990

ކައުންސިލް އިންތިހާބު މާޗް 28 ގައި ބާއްވަން ނިންމައިފި

TTH_advertisement