އއ. އުކުޅަހުގައި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ފަތުރުވެރިޔާ ކެނބިގެން މަރުވި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ ހަވީރު 17:20 ހާއިރު ކަމަށެވެ.
އެ ހާދިސާގައި މަރުވެފައި ވަނީ އުޒްބެކިސްތާނަށް ނިސްބަތްވާ އުމުރުން 75 އަހަރުގެ މީހެއް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
މިފަދަ ހިތާމަވެރި ހާދިސާތަކެއް މީގެކުރިން ވެސް ރާއްޖޭގައި ހިނގާފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު