ކުއްލި ޚަބަރު

ގަމުގައި މާރާމާރި ހިންގި 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ފުލުހުންނަށް އިންޒާރުދިން މައްސަލައަކާ ގުޅިގެން ޒާޔާގެ ފޯނު ހިފަހައްޓައިފި

މީޑިއާ ކޮމިޝަނަށް މެންބަރުން އިންތިހާބުވެއްޖެ

ހަންކެޑެ ބްރިޖު އާއްމުންނަށް ހުޅުވާލައިފި

Big Hstlescmwljyiujgsgcrjzp33

އައްޑޫ ސިޓީގެ ހިތަދޫއާއި މަރަދޫ ގުޅާލައިދޭ ހަންކެޑެ ބްރިޖު އާއްމުންނަށް ހުޅުވާލައިފިއެވެ. މި ބްރިޖު ހުޅުވާލާފައިވަނީ މިއަދު މެންދަމު 12:00 އިން ފެށިގެންނެވެ.

1.4 ކިލޯމީޓަރުގެ ދިގުމިނުގައި ހެދިފައިވާ މި ބްރިޖުގައި 4 ލޭން ހިމެނެއެވެ. ހަންކެޑެ ބްރިޖުގެ ޢަމަލީ މަސައްކަތް ފެށިފައިވަނީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. މި މަޝްރޫޢުގެ މަސައްކަތް ކޮށްފައިވަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ. އަދި މަޝްރޫޢުގެ މަސައްކަތް ނިންމާ، މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި ދިވެހި ސަރުކާރާ ހަވާލުކޮށްފައިވެއެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ނައިބު އިބްރާހީމް ނާޡިމް ވިދާޅުވި ގޮތުގައި، ބްރިޖު ހުޅުވުން ލަސްވެފައިވަނީ ސަލާމަތީ ގޮތުން ކަށަވަރު ކުރަންޖެހޭ ބައެއް ކަންކަން ބެލުމަށް ސަރވޭއެއް ކުރިއަށް ގެންގޮސްފައިވާތީއެވެ. އަދި ހަންކެޑެ ބްރިޖުގެ މަސައްކަތަކީ މުޅި އައްޑޫގެ މަގު ހެދުމުގެ މަޝްރޫޢުގެ 20 އިންސައްތަ މަސައްކަތްކަން އޭނާ ފާހަގަކުރެއްވިއެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، އައު ބްރިޖައު ބްރިޖް ބޭނުންކުރަން ފެށުމާއެކު ކުރިން ބޭނުންކުރި މަގު ބަންދުކޮށް، އުޅަނދުތައް ދުއްވުމަށް އެ މަގު ބޭނުން ނުކުރާނެއެވެ. އަދި ހަންކެޑެ ބްރިޖް މަޝްރޫޢާއެކު އައްޑޫގެ މަގުހެދުމަށް ކުރިއަށްގެންދާ 1 ބިލިއަން ރުފިޔާގެ މަޝްރޫޢުގެ ބޮޑުބައެއް ނިމިގެންދިޔަކަން އެ ވުޒާރާއިން ފާހަގަކުރައްވައެވެ.

މިހާރު ކުރިއަށްދަނީ ފެން ހިންދާ ނިޒާމުތަކުގެ އައުޓްފޯލް ޕަމްޕްތައް ހަރުކުރުމުގެ މަސައްކަތްކަމަށާއި، މި މަސައްކަތް ނިމުމާއެކު ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ބޮޑެތި ހުރިހާ މަސައްކަތެއް ނިމޭނެކަމަށް އެ ވުޒާރާއިން ވިދާޅުވެފައިވެއެވެ.

ހަންކެޑެ ބްރިޖު އާއްމުންނަށް ހުޅުވާލުމާ ގުޅިގެން އައްޑޫގެ ބައެއް މަގުތަކުގެ ޓްރެފިކަށް ބަދަލު އަންނާނެކަމަށް އައްޑޫ ސިޓީ ކައުންސިލުން މަޢުލޫމާތު ދެއްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އީސާ
މީހަމަ މުއިޒްގެ ބުރަމަސައްކަތް

ގުޅުންހުރި

ކުނބުރުދޫގައި ތަރައްގީކުރި ފުޓްބޯޅަ ދަނޑާއި މަލްޓި ސްޕޯޓްސް ކޯޓު ހުޅުވައިފި

“ވިލުންތެރި ރާއްޖެ 2045″ އަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ބައްދަލުވުންތަކުެ %50 ނިންމާލައިފި

ހުރިހާ ވިސާއަކުން އަންނަ މުސްލިމުންނަށް އުމްރާވަން ސައޫދީން ފުރުސަތު ހުޅުވާލައިފި

sdfc

އެސްޑީއެފްސީގެ ލޯނު ޕޯޓްފޯލިއޯ އިސްލާމީ ބޭންކިން އުސޫލުތަކަށް ބަދަލުކުރަނީ

TTH_advertisement