ކުއްލި ޚަބަރު

ސްކޭމްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

މަސްޖިދުއްނަބަވީގެ އިމާމު ރާއްޖެ ވަޑައިގަންނަވައިފި

ތާރީޚީ ދުވަހެއް: 40 އަހަރަށްފަހު ޙަރަމްފުޅުގެ އިމާމެއް މިއަދު ރާއްޖެއަށް!

އެމެރިކާގައި ހިނގި މަތިންދާބޯޓު އެކްސިޑެންޓާ ގުޅިގެން ރައީސް ތައުޒިޔާ ފޮނުއްވައިފި

309744
އެމެރިކަން އެއަރލައިންސްގެ މަތިންދާބޯޓަކާއި އެމެރިކާގެ އަސްކަރީ ހެލިކޮޕްޓަރަކާ ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ގިނަ ބަޔަކު މަރުވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމެރިކާގެ ވޮޝިންގޓަން ޑީސީގައި ހިނގި އެކްސިޑެންޓުގެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށެވެ. އަދި މިހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި ގާތް ފަރާތްތަކަށް ތައުޒިޔާ ވިދާޅުވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.

މީގެ އިތުރުން މި ހިތްދަތި ދަނޑިވަޅުގައި ދިވެހިން ތިބީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި އެ ޤައުމުގެ ރައްޔިތުންނާއެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެމެރިކަން އެއަރލައިންސްގެ މަތިންދާބޯޓަކާއި އެމެރިކާގެ އަސްކަރީ ހެލިކޮޕްޓަރަކާ ޖެހި ހިނގި ނުރައްކާތެރި ހާދިސާގައި އެއްވެސް މީހަކު ސަލާމަތްވެފައި ނުވާ ކަމަށް އެ ޤައުމުގެ ރަސްމީ އިދާރާތަކުން ވަނީ ހާމަކުރައްވާފައެވެ. މި ހާދިސާ ހިނގާފައިވަނީ ރޭގަން ވޮޝިންގޓަން ނެޝަނަލް އެއަރޕޯޓަށް ޖައްސަން އައި އެމެރިކަން އެއަރލައިންސްގެ މަތިންދާބޯޓެއް އެމެރިކާގެ އަސްކަރިއްޔާގެ ބްލެކް ހޯކްސް ހެލިކޮޕްޓަރެއްގައި ވައިގެ ތެރޭގައި ޖެހިގެންނެވެ.

އެކްސިޑެންޓުގައި ހިމެނޭ އުޅަނދުތައް އެއާޕޯޓު ކައިރީގައި އޮންނަ ޕޮޓޯމެކް ކޯރަށް ވެއްޓިފައިވާއިރު އެމެރިކަން އެއާލައިންސްއިން ބުނީ، ހާދިސާ ހިނގި ވަގުތު މަތިންދާބޯޓުގައި 60 ފަސިންޖަރުންނާއި ހަތަރު ފަޅުވެރިން ދަތުރުކުރަމުންދިޔަ ކަމަށެވެ. އެމެރިކާގެ އަސްކަރިއްޔާއިން ބުނީ، އެ ބޯޓުގައި ޖެހުނު ހެލިކޮޕްޓަރުގައި ސިފައިންގެ ތިން މީހުން ތިބި ކަމަށެވެ.

މިއީ 2001 ވަނަ އަހަރުގެ ފަހުން އެމެރިކާގައި ހިނގި އެންމެ ނުރައްކާތެރި ވައިގެ ހާދިސާއެވެ. މަތިންދާބޯޓާއި ހެލިކޮޕްޓަރު ޖެހުނު ވަގުތު ވައިގެ ތެރޭގައި ބޮޑު ގޮވުމެއް ގޮވައި، ރޯވެފައި އޮތް މަތިންދާބޯޓު ޕޮޓޯމެކް ކޯރަށް ވެއްޓެންދާ ބައެއް ވީޑިއޯތައް ވަނީ އާންމުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމެރިކާގައި ހިނގި ނުރައްކާތެރި ވައިގެ ހާދިސާއާ ގުޅިގެން ތައުޒިޔާ ފާޅުކުރައްވައިފި

އެމެރިކާގެ ވޮޝިންގޓަން ޑީސީގައި އެމެރިކަން އެއަރލައިންސްގެ މަތިންދާބޯޓަކާއި އެމެރިކާގެ އަސްކަރީ ހެލިކޮޕްޓަރެއް ގުޅި ހިނގި ނުރައްކާތެރި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ފުން ހިތާމަ ފާޅުކުރައްވައި، ތައުޒިޔާ އިއްވަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ރަސްމީ ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައި، މި ހިތާމަވެރި ހާދިސާގައި މަރުވެފައިވާ ފަރާތްތަކުގެ ޢާއިލާތަކަށާއި ގާތްތިމާގެ މީހުންނަށް ތައުޒިޔާ ވިދާޅުވެފައިވެއެވެ. އަދި މި ދަތި ދަނޑިވަޅުގައި ދިވެހި ރައްޔިތުން ތިބީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އެ ޤައުމުގެ ރައްޔިތުންނާއެކު ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މި ހާދިސާއަކީ 2001 ވަނަ އަހަރަށްފަހު އެމެރިކާގައި ހިނގި އެންމެ ނުރައްކާތެރި ވައިގެ ހާދިސާ ކަމަށް ބެލެވެއެވެ. ރޭގަން ވޮޝިންގޓަން ނެޝަނަލް އެއަރޕޯޓަށް ޖައްސަން އައި އެމެރިކަން އެއަރލައިންސްގެ މަތިންދާބޯޓެއް އެމެރިކާގެ އަސްކަރިއްޔާގެ ބްލެކް ހޯކްސް ހެލިކޮޕްޓަރަކާ ވައިގެ ތެރޭގައި ޖެހި، ދެ އުޅަނދުވެސް ޕޮޓޯމެކް ކޯރަށް ވެއްޓިފައިވެއެވެ. މި ހާދިސާގައި މަތިންދާބޯޓުގައި ތިބި 64 ފަރާތާއި ހެލިކޮޕްޓަރުގައި ތިބި ތިން ސިފައިން ހިމެނޭގޮތަށް އެއްވެސް ފަރާތެއް ސަލާމަތްވެފައި ނުވާކަމަށް އެމެރިކާގެ ރަސްމީ އިދާރާތަކުން ހާމަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ހިޔާވަހި ފައިނޭންސިންގ ސްކީމަށް ކުރެހުން ހުށަހެޅުމުގައި އިތުރު ލުއިތަކެއް

police-vcle

ކެފޭއެއްގެ ތެރޭ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

Large 170438918518svvb

ސަރުކާރުން ހިންގާ މަޝްރޫއުތަކުން އަމިއްލަ ކުންފުނިތައް ބާކީ ނުކުރާނެ: ސައީދު

367637 c81b0517 b

ބަންކަރިން ހިދުމަތުން ފައިދާވޭ: ސައީދު

TTH Advertisement MTCC Advertisement