ކުއްލި ޚަބަރު

ގަމުގައި މާރާމާރި ހިންގި 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ފުލުހުންނަށް އިންޒާރުދިން މައްސަލައަކާ ގުޅިގެން ޒާޔާގެ ފޯނު ހިފަހައްޓައިފި

މީޑިއާ ކޮމިޝަނަށް މެންބަރުން އިންތިހާބުވެއްޖެ

އައްޑޫ ހަންކެޑެ ބުރިޖު އާންމު ދަތުރުފަތުރަށް ހުޅުވާލަނީ މިއަންނަ ހޮނިހިރު ދުވަހު

394958 3 B03fc4da6a7f84f486fedb6af20fc4e38e1e11ca Large

އައްޑޫ ސިޓީގެ ހަންކެޑެ ބުރިޖު އާންމު ދަތުރުފަތުރަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ މިއަންނަ ހޮނިހިރު ދުވަހު ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.

ހިތަދޫއާއި މަރަދޫ ގުޅުވައިދޭ މި ބުރިޖުގެ ޢަމަލީ މަސައްކަތް ފެށިފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. 1.4 ކިލޯމީޓަރުގެ ދިގުމިނުގައި 4 ލޭނަށް ތަރައްޤީކޮށްފައިވާ މި ބުރިޖަކީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށް ގެންގޮސްފައިވާ މަޝްރޫޢެކެވެ.

ބުރިޖުގެ މަސައްކަތް ނިމި، ދިވެހި ސަރުކާރާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ. ސުބްރަމާނިއަމް ޖައިޝަންކަރް އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅެއްގައެވެ. ނަމަވެސް، އިތުރު ޓެކްނިކަލް ސަރވޭތަކެއްގެ މަސައްކަތް ކުރިއަށްގެންދިއުމުގެ ސަބަބުން ބުރިޖު ހުޅުވުން ލަސްވެފައިވާކަމަށް އިމާރާތްކުރުމާ ބިނާރާ ބެހޭ ވުޒާރާއިން ކުރިން ހާމަކޮށްފައިވެއެވެ.

ހަންކެޑެ ބުރިޖު ހުޅުވުމާއެކު، މިހާރު ހަންކެޑެ ހުރަސްކުރުމަށް ބޭނުންކުރާ ލިންކް ރޯޑްގެ އެ ސަރަޙައްދު އާންމު ދަތުރުފަތުރަށް ބަންދުކުރެވޭނެއެވެ. އައްޑޫ ސިޓީގެ އެތެރޭގެ މަގުތައް ހިމެނޭގޮތަށް މުޅި މަޝްރޫޢަށް 1.19 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން ފާހަގަކުރެވެއެވެ.

ހަންކެޑެ ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ފަތުރުވެރިކަމަށެވެ. މިގޮތުން ހަންކެޑެ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫޢުގެ ބިންގާވެސް އަޅާފައިވެއެވެ. މި މަޝްރޫޢުގެ ދަށުން 2,082 އެނދު ހިމެނޭގޮތަށް 1,041 ކޮޓަރި ތަރައްޤީކުރެވޭނެއެވެ. މީގެ ތެރޭގައި 2 ގްރޭންޑް، 2 ޑިލަކްސް، އަދި 10 ބުޓީކް ހޮޓެލްގެ އިތުރުން 64 ސަރވިސްޑް އެޕާޓްމަންޓާއި 7 ބީޗް ވިލާ ހިމެނެއެވެ.

ހަންކެޑެ ބުރިޖު ހުޅުވުމަކީ އައްޑޫ ސިޓީގެ ދަތުރުފަތުރުގެ ނިޒާމަށް އަންނާނެ ބޮޑު ކުރިއެރުމެއްކަމަށް ބެލެވެއެވެ. އަދި މި ބުރިޖު ހުޅުވުމާއެކު އައްޑޫ ސިޓީގެ ފަތުރުވެރިކަމަށްވެސް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އުންމީދުކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Dsc 4208

ކުނބުރުދޫގައި އަންނަ އަހަރު ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގައިދޭނަން: ރައީސް

B 202510081019181759900758.5609

ކުނބުރުދޫ ސިއްހީ މަރުކަޒަށް އިތުރުކުރާ އިމާރާތުގެ މަސައްކަތް ފަށައިފި

laamu gamu

ގަމުގައި މާރާމާރި ހިންގި 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

16 އަހަރު ފަހުން ދިވެހިރާއްޖޭގެ ރައީސަކު ފުރަތަމަ ފަހަރަށް ކުނބުރުދޫއަށް ވަޑައިގެންފި

TTH_advertisement