ކުއްލި ޚަބަރު

މާލޭ ސަރަހައްދުގައި ވައި ނުސާފުވެއްޖެ

ބީއެމްއެލް އިން ވިސާ އިންފިނިޓް ކްރެޑިޓް ކާޑު ރާއްޖެއަށް ތައާރަފްކޮށްފި

ޖުވާ ޖިނާއީ ކުށަކަށް ހަދަން ބިލެއް މަޖިލީހަށް ހުށަހަޅައިފި

ދިއްދޫ އެއާޕޯޓަށް ޖައްސާ މަތިންދާބޯޓުގައި ވަޑައިގަންނަވާނެކަމަށް ރައީސް ވިދާޅުވެއްޖެ

Img 5275 (1)

ދިއްދޫ އެއާޕޯޓަށް ޖައްސާ މަތިންދާބޯޓުގައި ވަޑައިގަންނަވާނެކަމަށް ރައީސް ވިދާޅުވެއްޖެ

ހއ. ދިއްދޫގައި އަލަށް ތަރައްގީކުރާ އެއާޕޯޓުގެ މަސައްކަތް މިއަހަރު ފަށައި، ދެން އެރަށަށް ވަޑައިގަންނަވާނީ އެއާޕޯޓަށް ޖައްސާ މަތިންދާބޯޓުގައި އެއާޕޯޓް ހުޅުވުމަށް ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ހއ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ދިއްދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިއްދޫ އެއާޕޯޓުގެ މަސައްކަތް މިއަހަރު ތެރޭގައި ބިން ހިއްކުމާއެކު ފަށާނެ ކަމަށެވެ.

“ބިން ހިއްކުން ނިންމާ ދެން ކުރަންޖެހޭ ޝޯ ޕްރޮޓެކްޝަނާއި ރަންވޭގެ މަސައްކަތްތަކާއި އެއާޕޯޓުގެ އިމާރާތްތަކާއެކު ހުރިހާ މަސައްކަތެއް ފެށޭ ހިސާބުން ބާރު ސްޕީޑުގައި ގެންގޮސް ނިންމައިދޭނަން. ނިންމާފައި ދެން އިރާދަކުރެއްވިއްޔާ އަޅުގަނޑު މިރަށަށް އަންނާނީ އެ އެއާޕޯޓަށް ޖައްސާ މަތިންދާބޯޓުގައި އެއާޕޯޓް ހުޅުވަން،” ރައީސް ވިދާޅުވިއެވެ.

ދިއްދޫގައި އެއާޕޯޓެއް ތަރައްގީކުރުމަކީ ރައީސްގެ އިންތިޚާބީ ވައުދެއްކަމަށާއި، އެ ވައުދު ފުއްދުމަށްޓަކައި އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީއާ މިދިޔަ އަހަރު ހަވާލުކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި މަޝްރޫޢުގެ ދަށުން އެއާޕޯޓަށް ބޭނުންވާ ބިން ހިއްކައި، އެ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ދިއްދޫ އެއާޕޯޓަކީ އެރަށުގެ ތަރައްގީއަށް ވަރަށް މުހިންމު މަޝްރޫޢުއެއް ކަމަށާއި، އަދި އެއީ އަތޮޅުގެ މެދުރާސްތާ އަދި ދުރުރާސްތާގެ ތަރައްގީގައިވެސް ސަރުކާރުން ކަނޑައަޅާފައިވާ ސަރަހައްދީ ތަރައްގީގެ ޕްލޭންގައި ހިމެނޭ މުހިންމު މަޝްރޫޢުއެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިންޑޮނީޝިއާގެ އޮފީސް އިމާރާތެއްގައި ހިނގި އަލިފާނުގެ ހާދިޘާއާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ރައީސް މި މަހުގެ 16 ގައި ގަލޮޅު ރައްޔިތުންނާ ބައްދަލުކުރައްވަނީ

Rasmale

ރަސްމާލެއިން 215 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް މިހާރު ހިއްކައިފި

ހިޔާ ފްލެޓް އަތުލާފައިވާ ފަރާތްތަކަށް އިތުރު ލިޔުމަކާއި ނުލާ ފްލެޓު ދޭނެ: ރައީސް

TTH_advertisement