ކުއްލި ޚަބަރު

މާލޭ ސަރަހައްދުގައި ވައި ނުސާފުވެއްޖެ

ބީއެމްއެލް އިން ވިސާ އިންފިނިޓް ކްރެޑިޓް ކާޑު ރާއްޖެއަށް ތައާރަފްކޮށްފި

ޖުވާ ޖިނާއީ ކުށަކަށް ހަދަން ބިލެއް މަޖިލީހަށް ހުށަހަޅައިފި

ޗައިނާގެ ފަތުރުވެރިއަކު ގެއްލިގެން ހޯދަން ފަށައިފި

Big Uu71seheqhwqfcj2tcufcflep

ޗައިނާ އަންހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

  • ގެއްލިގެން ހޯދަމުންދަނީ އުމުރުން 30 އަހަރުގެ ޗައިނާ އަންހެނެއް

  • އޭނާ ގެއްލިގެން ފުލުހުންނަށް ހުށަހަޅާފައިވަނީ މިމަހުގެ 22 ވަނަ ދުވަހު

  • އޭނާއާބެހޭ އެއްވެސް މަޢުލޫމާތެއް މިހާތަނަށް ލިބިފައެއްނުވޭ

ގެއްލިގެން ހޯދަމުންދަނީ ޗައިނާ ރައްޔިތެއްކަމަށްވާ ސޫ ޒިއޯނިންގ (30އ) އެވެ.

ފުލުހުން ވިދާޅުވީ، ސޫ ޒިއޯނިންގ ރާއްޖެ އައިފަހުން އާއިލާއަށް ޚަބަރެއް ވެފައި ނުވާތީ، ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ މެދުވެރިކޮށް ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ 2025 ޖަނަވަރީ 22 ވަނަ ދުވަހުކަމަށެވެ.

މިމައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމާއެކު އޭނާ ހޯދުމަށްޓަކައި ފުލުހުންގެ ކަމާގުޅުންހުރި އެންމެހާ އިދާރާތަކަށް މައުލޫމާތު ހިއްސާކުރެވި، ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ފުލުހުން ވިދާޅުވީ އޭނާ ޓޫރިސްޓް ވިސާގައި ރާއްޖެ އައިސްފައިވަނީ 2024 އޮކްޓޫބަރު 13 ވަނަ ދުވަހުކަމަށެވެ. އަދި އޭނާ މާލޭގައި ހުރި ގެސްޓް ހައުސް އިން 2024 އޮކްޓޫބަރު 24 ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި ޗެކްއައުޓް ވެފައިވާކަމާއި އެއަށްފަހު އޭނާ ރާއްޖެއިން ފުރައިގެން ގޮސްފައިނުވާކަން ތަހުގީގަށް މައުލޫމާތު ލިބިފައިވާކަމަށެވެ. ނަމަވެސް އޭނާ ހޯދުމަށް މިހަތާނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި އުޅޭތަނެއް ހޯދިފައިނުވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ސޫ ޒިއޯނިންގ އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަށް ލަސްނުކުރައްވައި ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް އިންވެސްޓިގޭޝަންގެ ޑިއުޓީ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

police

64 އަހަރުގެ ލޯބިވެރިޔާއަށް ހަމަލާދިން 32 އަހަރުގެ އަންހެން މީހާ ހައްޔަރުކޮށްފި

police

ދެ ލޯބިވެރިންގެ ދެމެދުގައި މާރާމާރީއެއް، ދެ މީހުން ވެސް އެޑްމިޓްކޮށްފި

police

ސިނގިރޭޓް ކާޓަންތަކެއް މަދުވި މައްސަލާގައި ފުލުހަކު ހައްޔަރުކޮށްފި

990

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އަލިފުށީގައި ހާއްސަ މަސައްކަތްތަކެއް

TTH_advertisement