ކުއްލި ޚަބަރު

އުތުރު ޣައްޒާއަށް ގެދޮރު ހުރި ހުސްބިން ތަކަށް އެނބުރި 300،000 އެންހާ މީހުން ޖަމާވެއްޖެ

އިތުރު ވޯޓަކަށް ނުގޮސް ޑިމޮކްރެޓްސްގެ ރައީސްއަކަށް އިންތި

Big Rv3y5pwdkampbuckirnhfkae1

ޑިމޮކްރެޓްސް ޕާޓީގެ ރައީސްކަމުގެ މަޤާމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އިންތިޚާބުވެއްޖެއެވެ. އަދި ޕާޓީގެ ނައިބު ރައީސްކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ހޮވިވަޑައިގެންފައިވެއެވެ.

މި ދެ މަޤާމަށް ކުރިމަތިލެއްވީ މި ދެ ބޭފުޅުން އެކަނި ކަމަށްވުމާއެކު، އިތުރު ވޯޓަކަށް ނުގޮސް އެ ދެ ބޭފުޅުން ވަނީ މަޤާމުތަކަށް ހޮވިވަޑައިގެންފައެވެ. މި މަޤާމުތައް ހުސްވެފައިވަނީ ކުރިން އެ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް އަނބުރާ ގުޅިވަޑައިގަތުމާ ގުޅިގެންނެވެ.

ޑިމޮކްރެޓްސް ޕާޓީއަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން އިސްނަންގަވައިގެން އުފެއްދެވި ސިޔާސީ ޕާޓީއެކެވެ. މި ޕާޓީ އުފެދިގެން އައީ އެމްޑީޕީގެ އެތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކާ ގުޅިގެން، އެ ބޭފުޅުން ޕާޓީން ވަކިވެވަޑައިގަތުމަށްފަހުގައެވެ.

އިންތިޚާބީ މައިދާނުގައި ޑިމޮކްރެޓްސް ޕާޓީއަށް މިހާތަނަށް ފާހަގަކުރެވޭފަދަ ކާމިޔާބީއެއް ލިބިވަޑައިގެންފައި ނުވިނަމަވެސް، ފަހަކަށްއައިސް ޕާޓީގެ އިސް މެންބަރުންތަކެއް، އޭގެ ތެރޭގައި ހަސަން ލަތީފް، މުޙައްމަދު ޝިފާޒު، ހުސައިން އަމްރު އަދި ޢަލީ ޢާޒިމް ހިމެނޭގޮތަށް، ވަނީ އެމްޑީޕީއަށް އަނބުރާ ގުޅިވަޑައިގެންފައެވެ.

ގުޅުންހުރި

Original 1727102842349

ޚާރިޖީ ވަޒީރު ރަސްމީ ދަތުރުފުޅެއްގައި ސަޢޫދީ އަށް

Img 5265

ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި ސިޔާސީ ތަފާތުކުރުމެއްނެތި އެންމެންގެ ބައިވެރިވުން މުހިއްމު: ރައީސް

Img 5248 (1)

މަސައްކަތް ތަރުތީބު ކުރެވިފައިވަނީ ވަޢުދުތައް ފުއްދެވުމަށް އިސްކަންދީގެން: ރައީސް

Img 5275 (1)

ދިއްދޫ އެއާޕޯޓަށް ޖައްސާ މަތިންދާބޯޓުގައި ވަޑައިގަންނަވާނެކަމަށް ރައީސް ވިދާޅުވެއްޖެ