ކުއްލި ޚަބަރު

ޖަޕާނު ސަރުކާރުން ރާއްޖެއަށް ސީ އެމްބިއުލާންސްއެއް ހަދިޔާކޮށްފި

ރަސްމީ ދަތުރުފުޅެއްގައި ރައީސް ޖަރުމަނަށް ވަޑައިގަންނަވަނީ

އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ކަމުގެ މަގާމަށް މީހަކު ހޯދަނީ

ނޫސްވެރިކަމާއި އިންޓަނެޓް ރެގިއުލޭޓްކުރުމާ ބެހޭ ބިލެއް ތައްޔާރުކުރުމުގެ މަސައްކަތެއް ސަރުކާރުން ނުކުރޭ: ހީނާ

Img Md 202404280327021714300022.405

ނޫސްވެރިކަމާއި އިންޓަނެޓް ރެގިއުލޭޓްކުރުމާ ބެހޭ ބިލެއް ތައްޔާރުކުރުމުގެ މަސައްކަތެއް ސަރުކާރުން ނުކުރާކަމަށް ސަރުކާރުގެ ތަރުޖަމާނު އަލްފާޟިލާ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

އެކްސް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި އަލްފާޟިލާ ހީނާ ވިދާޅުވެފައިވަނީ، ނޫސްވެރިކަމާއި އިންޓަނެޓް ރެގިއުލޭޓްކުރުމާ ބެހޭ އެއްވެސް ބިލެއް ތަޢާރަފުކުރުމަކީ ސަރުކާރުގެ ޤާނޫނީ އެޖެންޑާގައި ހިމެނިފައިވާ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ބިލެއް ތަޢާރަފުކުރުމުގެ މަސައްކަތެއް ސަރުކާރުން ނުކުރާ ކަމަށްވެސް އެމަނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ހީނާ ވިދާޅުވެފައިވަނީ، ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ބިލެއް ތަޢާރަފުކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅުއްވާ ކަމަށެވެ. އަދި ކުރިން ހާމަކޮށްފައިވާ ފަދައިން، މީޑިއާތައް ޑީރެގިއުލޭޓްކޮށް، އަމިއްލަ ރެގިއުލޭޓަރީ ނިޒާމަކަށް ފުރުސަތު ދިނުމަކީ ސަރުކާރުގެ ސިޔާސަތު ކަމުގައި ފާހަގަކުރެއްވިއެވެ.

“އެހެންކަމުން ސަރުކާރުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެންމެ އިސްކަންދޭ ސިޔާސަތަކީ މީޑިއާގެ މިނިވަންކަން އެންމެ ފުޅާ ދާއިރާއެއްގައި ޤާއިމްކޮށް ދެމެހެއްޓުން” ހީނާ އިތުރަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Heenaaa

އެންސްޕާގެ ސީއީއޯ ހީނާ ވަލީދުގެ ބައްޕަ ނިޔާވެއްޖެ

ރައީސްއަށް ވީޑިއޯ މެދުވެރިކޮށް ސުވާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައްވައިފި

މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެގޮތުގައި ކަނޑައަޅުއްވައިފި

TTH_advertisement