ކުއްލި ޚަބަރު

މާލޭގެ ދެ ގެއަކުން 442 ވޭޕް ކާޓްރިޖާއި ދެ ކާޓަން ސިނގިރޭޓު ހޯދައިފި

ކާރު ރަޖިސްޓްރީކުރާއިރު ގަރާޖު ހުއްދަ ހުށަހަޅަން ނުޖެހޭގޮތް ހަދަނީ

ކައުންސިލް އިންތިހާބުގެ އޮފިޝަލުން ހޯދަން ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފި

މޯލްޑިވިއަން އެއަރލައިންގެ ޗައިނާ ދަތުރުތަކުގެ ފެށުން ވަރަށް ކާމިޔާބު

Gh82 2bxeaasrt0

ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު މޯލްޑިވިއަން އެއަރލައިންގެ ދަތުރުތަކަށް ފާހަގަކުރެވޭ ވަރުގެ އިޖާބައެއް ލިބެމުންދާ ކަމަށް އެ އެއަރލައިނުން ހާމަކުރައްވައިފިއެވެ. މި ދަތުރުތަކުގެ ފުރަތަމަ މަންޒިލުގެ ގޮތުގައި ހަމަޖެހިފައިވަނީ ޗެންޑޫއެވެ. ޗެންޑޫއިން ރާއްޖެއަށް ކުރި ފުރަތަމަ ދަތުރުގައި ގިނަ އަދަދެއްގެ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވި ގޮތުގައި، ޗެންޑޫއިން މާލެއަށް ކުރި ދަތުރުގައި ގިނަ އަދަދެއްގެ ފަތުރުވެރިންގެ އިތުރުން ކާގޯވެސް ގެނެވިފައިވެއެވެ. ސަލީމް އިތުރަށް ވިދާޅުވީ:-

މިއަދުގެ ދަތުރުގައިވެސް އަޅުގަނޑުމެން ހިތްހަމަޖެހޭ މިންވަރަށް ކާގޯ ލިބިފައިވޭ. 10 ޓަނުގެ ކާގޯއެއް މި ދަތުރުގައި ގެނެވުނު. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ފެށުން މި ދިޔައީ ވަރަށް ކާމިޔާބު ގޮތެއްގައި. ކުރިއަށް އޮތް ދެ ސިޓީ، ޝަންހާއި އަދި ބެއިޖިންގ އަށްވެސް ގާތްގަނޑަކަށް މިހާރު ވަނީ ހުރިހާ ދަތުރެއްވެސް ފުރިހަމައަށް ފުރިފައި” ސަލީމް ވިދާޅުވިއެވެ.

މޯލްޑިވިއަންގެ ޗައިނާ ދަތުރުތައް ފެށިގެން ދިޔައިރު، ރާއްޖެއިން ޗެންޑޫއަށް ފުރަތަމަ ދަތުރު ފެށިފައިވަނީ ބުދަ ދުވަހުއެވެ. މިއަދު ހެނދުނު ރާއްޖެއަށް އައި ފުރަތަމަ ދަތުރުގައި ޖުމްލަ 192 ފަސިންޖަރުން ޒިޔާރަތްކުރެއްވިއެވެ. މީގެ ތެރެއިން 172 މީހުންނަކީ ފަތުރުވެރިން ކަމަށް މޯލްޑިވިއަންއިން އަންގަވާފައިވެއެވެ.

މި ދަތުރުގައި ވަޑައިގެންނެވި ފަތުރުވެރިންނަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ހޫނު މަރުޙަބާއެއް ދަންނަވާފައިވެއެވެ. މި މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިޞަލް، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު އަދި ދަތުރުފަތުރާއި މަދަނީ ވައިގެ ދަތުރުފަތުރާބެހޭ ވަޒީރު މުޙައްމަދު އަމީން ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެ އިތުރުން މޯލްޑިވިއަން އަދި އެމްއޭސީއެލްގެ އިސްވެރިންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

މޯލްޑިވިއަންގެ ސީދާ ދަތުރުތައް ރާއްޖެއާއި ޗައިނާއާ ދެމެދު ފެށުމާއެކު، މި ދަތުރުތަކަށް ފާހަގަކުރެވޭ ވަރުގެ އިޖާބައެއް ލިބެމުންދާ ކަމަށް މޯލްޑިވިއަންއިން ހާމަކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ii

މޯލްޑިވިއަނުން ރާއްޖެ އާއި އޮސްޓްރޭލިއާއާ ދެމެދު ސީދާ ދަތުރުތައް ފަށަނީ

maldivian hajj

ޢުމްރާގެ އަޅުކަމަށްދާ މީހުންނަށް ޚާއްސަ ދަތުރުތަކެއް ބޭއްވުމަށް ނިންމައިފި

maldivian

މޯލްޑިވިއަނުން މަޑިވަރަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމައިފި

Maldivian

މޯލްޑިވިއަނުން އިސްނަގައިގެން، ލަންކާއަށް 3.8 ޓަނުގެ އަސާސީ ތަކެތި ފޮނުވައިދެނީ

TTH_advertisement