ކުއްލި ޚަބަރު

މާލެއާއި ވިލިމާލޭގެ މަގުތަކުގެ ޑިޒައިން މަރުހަލާ ފެށުމަށް ޗައިނާއާއެކު އެލްއޯއީގައި ސޮއިކޮށްފި

މީޑިއާ ކޮމިޝަނުގެ ރައީސް ކަމަށް ފަރުޝަތު އައްޔަންކުރަނީ

ސައިކަލެއް ކޮންޓްރޯލު ނުވެ ގޮސް ކްލިނިކެއްގެ ފާމަސީ ތެރެއަށް ވަދެއްޖެ

ފުރުޓް ޓްރީ ގުދަނުގައި ރޯވި އަލިފާނުގެ ހާދިސާއިން ގެއްލުން ލިބުނު ގޭބިސީތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެއްވައިފި

Gh8lxafboaaxyul

މާލޭގައި ހުންނަ ޗޮކްލެޓާއި ނަޓްސް ވިއްކާ ފިހާރައެއް ކަމަށްވާ “ފުރުޓް ޓްރީ އެޕަލް” ފިހާރައިގެ ގުދަނެއްގައި މިއަދު ފަތިހު ހިނގި އަލިފާނުގެ ހާދިސާއިން ގެއްލުން ލިބުނު ގޭބިސީތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މި ހާދިސާގެ އަސަރު ކުރި ގެތަކުގެ ތެރެއިން ފަސް ގެއެއްގެ 22 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުންބުއިމުގެ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވެއެވެ.

އެންޑީއެމްއޭ އިން އިތުރަށް ހާމަކުރެއްވި ގޮތުގައި، އަލިފާނުގެ ހާދިސާގައި ދުމުގެ ސަބަބުންނާއި އިމާރާތަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ޖުމްލަ 10 ގެއެއްގެ 33 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ބޭނުންވާކަން ފާހަގަކުރެވިފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 14 ދިވެއްސަކާއި 19 ބިދޭސީންނެވެ.

މި ހާދިސާއާ ގުޅިގެން އެންޑީއެމްއޭ އިން ވަނީ ކަމާބެހޭ އެހެނިހެން މުއައްސަސާތަކާ ގުޅިގެން ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައެވެ. އަދި ހާދިސާއާ ގުޅޭ އިތުރު މަޢުލޫމާތު ލިބުމުން ޢާންމުކުރާނެ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.

މި ހާދިސާއަކީ މާލޭގައި ފަހަކަށް އައިސް ހިނގި އެންމެ ބޮޑެތި އަލިފާނުގެ ހާދިސާތަކުގެ ތެރެއިން އެއް ހާދިސާ ކަމަށްވާތީ، ސަލާމަތީ ޚިދުމަތްތަކުން ވަނީ މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށް ޢާންމުންނަށް އިރުޝާދު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސިފައިންގެ ޝަރަފުގެ ހިނގާލުން މާދަމާ ހަވީރު މާލޭގައި އޮންނާނެ

އެމްއެންޑީއެފް ބޭންޑުގެ ޚާއްސަ ހަރަކާތްތަކެއް މިރޭ ހުޅުމާލެ ސެންޓްރަލް ޕާކްގައި

ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލަނީ

އާދީއްތަ ދުވަހުން ފެށިގެން މާލެ ސަރަޙައްދުގައި ސިފައިންގެ ތަމްރީނުތަކެއް ކުރިއަށްދާނެ

TTH_advertisement