ކުއްލި ޚަބަރު

ސްކޭމްތަކުގައި ގެއްލުނު ތިން މިލިއަން ރުފިޔާ ހޯދައިފި

ހަޤީގަތާ އެއްގޮތަށް ބޭނުން ކޮންމެ ވާހަކައެއް ދެއްކުމަށް އެއްވެސް ހުރަހެއް ނޯންނާނެ: ރައީސް

މަޝްއަރު ޓުއާސްގެ ވެރިޔާ ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

މެދު ރާއްޖެތެރެ އާއި އުތުރުގެ އެކި ހިސާބަށް ބޯކޮށް ވާރޭ ވެހޭނެ: މެޓު

Weather Main

މޫސުމާބެހޭ ޤައުމީ އިދާރާއިން ދެއްވާފައިވާ އެންމެ ފަހުގެ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ގިނަ ސަރަޙައްދުތަކެއްގައި މޫސުން ގޯސްވުމުގެ ފުރުޞަތު އޮތްކަމަށް ބެލެވެއެވެ. މި މުއްދަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވިއްސާރަވެރި މޫސުމެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުމުގެ ފުރުޞަތު އޮތްކަމަށްވެސް އެ އިދާރާއިން ފާހަގަކުރައްވައެވެ. މިހާރު ކުރަމުންދާ ވިއްސާރަ އާދީއްތަ ދުވަހާ ހަމައަށް ދެމިގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އަންނަ ހޯމަ ދުވަހު މޫސުން އަލިވާނެ ކަމަށް ބެލެވޭކަމަށްވެސް އެ އިދާރާއިން މަޢުލޫމާތު ދެއްވާފައިވެއެވެ.

މޫސުމުގެ ނުރައްކާތެރިކަމަށް ރިޢާޔަތްކޮށް، މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އެކި ސަރަޙައްދުތަކަށް ތަފާތު ސަމާލުކަމުގެ ނިޝާންތައް ނެރުއްވާފައެވެ. މިގޮތުން:
– ށ. އަތޮޅުން ފެށިގެން ވ. އަތޮޅަށް: ރީނދޫ ސަމާލުކަމުގެ ނިޝާން (މިއަދުގެ 14:30 އަށް)
– ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް އަދި ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް: ހުދު ސަމާލުކަމުގެ ނިޝާން

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ގދ. ފަރެސްމާތޮޑާއަށް ކަމަށްވާއިރު، އެ ރަށަށް 129.7 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަން ފާހަގަކުރެވެއެވެ.

ކަނޑުގެ ޙާލަތަށް ބަލާއިރު:
– ދެކުނުގެ ކަނޑުތައް: އާދައިގެ ވަރަކަށް ގަދަވުން އެކަށީގެންވޭ
– އެހެނިހެން ސަރަޙައްދުތަކުގެ ކަނޑުތައް: އާދައިގެ ވަރަކަށް މަޑު
– ވިލާގަނޑު: އާދައިގެ ވަރަކަށް ގަދަވުން އެކަށީގެންވޭ

ވައިގެ ދުވެލި:
– ދެކުނުގެ އަތޮޅުތައް: ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު 8-18 މޭލުގެ ބާރުމިނުގައި
– އެހެނިހެން ސަރަޙައްދުތައް: އުތުރާއި އިރު އުތުރުން ގަޑިއަކު 5-15 މޭލުގެ ބާރުމިނުގައި
– ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުމުގެ ފުރުޞަތު އޮތްކަމަށް ލަފާކުރެވޭ

ވީމާ، ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް އާންމު ރައްޔިތުންނަށް އިލްތިމާސްކުރަމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mal

ސްކޭމްތަކުގައި ގެއްލުނު ތިން މިލިއަން ރުފިޔާ ހޯދައިފި

401488 728dbdff 0

ހަޤީގަތާ އެއްގޮތަށް ބޭނުން ކޮންމެ ވާހަކައެއް ދެއްކުމަށް އެއްވެސް ހުރަހެއް ނޯންނާނެ: ރައީސް

Badhuru

މަޝްއަރު ޓުއާސްގެ ވެރިޔާ ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

Mal

ޕާސްޕޯޓް ކާޑުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފި

TTH_advertisement