ކުއްލި ޚަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު 54 އަހަރަށް ޖަލަށް ހުކުމް ކޮށްފި!

މަސްޖިދުއްނަބަވީގެ އިމާމު ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

އަސްކަރިއްޔާއަށް ގެންނަ ތަރައްޤީއާމެދު ޤައުމީ ލޯބި ހުންނަ ކޮންމެ މީހަކުވެސް ފަޚުރުވެރިވާންޖެހޭނެ: ރައީސް

ފަޒުލްއަށް އެޗްޑީސީގެ ރަސްމީ ލިއެކިއުންތަކެއް ނައްތާލިކަމުގެ ކުށުގެ ތުހުމަތު ކުރެވެނީ

381909 3 2d3e7a0eb49e77d4f0de615b53b99882bb1efb02 Medium

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ސުހައިލް އަހުމަދު ފަޒުލްގެ މައްޗަށް ތުހުމަތު ކުރެވެނީ އެ ކުންފުނީގެ ރަސްމީ ލިޔެކިޔުންތަކެއް ނައްތާލުމުގެ ކުށުގެ މައްސަލައިގައި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލުން ހާމަކުރެއްވި ގޮތުގައި، މި މައްސަލައިގެ ތަޙުޤީޤުގެ ތެރެއިން ފަޒުލްއާ ސުވާލުކޮށް ބަޔާން ނަގާފައިވެއެވެ. އަދި މި މައްސަލައާ ގުޅިގެން ފަޒުލްގެ މައްޗަށް ނެރެފައިވާ ފުރުން މަނާކުރުމުގެ އަމުރު އަދިވެސް ދެމިއޮތްކަން ފުލުހުން ފާހަގަކުރެއްވިއެވެ.

މި މައްސަލައަކީ ފަޒުލްގެ ބޭބެ، ފަޟީލް ރަޝީދަށް އުސޫލުން ބޭރުން ހުޅުމާލެއިން ގޯއްޗެއް ލިބިފައިވާކަމަށް ތުހުމަތު ކުރެވިގެން ފެށުނު މައްސަލައެކެވެ. ކުރީގެ ސަރުކާރުގެ “ބިންވެރިޔާ” ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅި ފަޟީލްގެ ނަން އޮތީ ގޯއްޗަށް ޝަރުތު ހަމަނުވާ މީހުންގެ ތެރޭގައި ނަމަވެސް، އޭނާއަށް ރަޖިސްޓަރީއެއް ލިބި، އެ ގޯތީގައި އިންފާރު ވެސް ރާނާފައިވާކަން ފާހަގަކުރެވެއެވެ.

މި މައްސަލައިގައި ފަޒުލްގެ ގެ ބަލައި ފާސްކުރުމަށްފަހު، ބައެއް އިލެކްޓްރޯނިކް ސާމާނާއި 1.4 މިލިއަން ރުފިޔާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. މި ފައިސާއާ ގުޅޭގޮތުން ސުވާލު އުފެދެމުންދަނިކޮށް، “ރިލެކްސް ފެރީ ސަރވިސް” އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 2022 ވަނަ އަހަރު ފަޒުލްގެ ކުންފުންޏާއެކު މުޢާމަލާތްކޮށް ލޯންޗެއް ބަނދެފައިވާ ކަމަށާއި، އިތުރު ލޯންޗެއް ބަނުމަށް މަޝްވަރާކޮށް މިދިޔަ އަހަރުގެ ކުރީކޮޅު ފަޒުލްއަށް 1.4 މިލިއަން ރުފިޔާ ނަގުދު ފައިސާއިން ދީފައިވާނެ ކަމަށެވެ.

ފަޒުލް ވިދާޅުވެފައިވަނީ، ބިންވެރިޔާ ސްކީމާ ގުޅުވައި އޭނާއަށް ކުރާ ތުހުމަތުތަކުގައި އެޗްޑީސީއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި މި މައްސަލައިގެ ޙަޤީޤަތް ރައްޔިތުންނަށް ހާމަވާނެކަމުގެ އުންމީދު ފާޅުކުރައްވައި، ތަޙުޤީޤަށް ފުރުޞަތު ދިނުމަށާއި ކުންފުނީގެ މަސައްކަތްތައް ނުހުއްޓި ކުރިޔަށް ގެންދިއުމަށް ފުރުޞަތު ދިނުމަށްޓަކައި މަޤާމުން އިސްތިޢުފާ ދެއްވާފައިވާ ކަމަށް ވިދާޅުވިއެވެ.

މި މައްސަލައިގައި ފަޒުލްއާއި ފަޟީލްގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފައެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

Large 172456603054urak

ޝަމީމަށް ހަމަލާދިން މައްސަލައިގައި ދައުވާ އުފުލި މީހުންގެ މައްޗަށް ކުށް ސާބިތެއް ނުވި

addu-flat

15 ރަށެއްގައި ހައުސިން ޔުނިޓް އިމާރާތްކޮށްދޭނެ ބަޔަކު ހޯދަނީ

ގުޅީގެ ބިން ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށް %40 ނިމިއްޖެ

397949 6b57dad9 e

ދިވެހީންނަކީ އިސްވެ އެއްވެސް ބަޔަކާ ހަނގުރާމަކުރާނެ ބައެއް ނޫން: ގައްސާން

TTH Advertisement MTCC Advertisement