ކުއްލި ޚަބަރު

ސަޕްލައި ދޯންޏެއް ބަންޑުން ޖަހާލައި މީހަކު ނިޔާވެއްޖެ

މާވަށުގައި މަރާލި މޫސާ އިބްރާހީމްގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އިންޑިއާއަށް ފޮނުވައިފި

ބަނޑަށް ޖެހިފައިވާ ޣައްޒާގެ ރައްޔިތުން: ފެންފޮދެއްވެސް ނުލިބޭ!

އުނގޫފާރުގައި އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް މިއަދުފަށައިފި

Img 3928

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް، ދިވެހި ރައްޔިތުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުހިންމު ސިޔާސަތެއްގެ ދަށުން،ަށުން، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މި މަސައްކަތުގެ އިތުރު ފިޔަވަޅެއްގެ ގޮތުން، މިއަދު ރ. އަތޮޅުގައި މި ޚިދުމަތް ދޭން ފަށައިފިއެވެ. ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ރ. އުނގޫފާރުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އަރބަން ސެންޓަރުގެ ގޮތުގައި ތަރައްޤީކުރެއްވުމަށް ކަނޑައަޅުއްވާފައިވާ 7 ރަށުގެ ތެރޭގައި ރ. އުނގޫފާރު ހިމެނެއެވެ. މިފަދަ ސަރަޙައްދުތަކުގައި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް އެންމެ މަތީ ފެންވަރުގައި ތަރައްޤީކޮށްދެއްވުމަކީ ރައީސްގެ ވަޢުދުފުޅެކެވެ.

2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު، ސަރުކާރުން ވަނީ މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަގުޗާޓު އާންމުކުރައްވާފައެވެ. މި މަގުޗާޓުގައިވާ ގޮތުން، 2024 ވަނަ އަހަރުގެ ނިޔަލަށް ކޮންމެ ސިޓީއަކާއި އަތޮޅެއްގައިވެސް ކަނޑައެޅޭ ވަކި ސަރަޙައްދުތަކުގައި މި ޚިދުމަތްތައް ޤާއިމުކުރުމަށް ވަނީ ނިންމަވާފައެވެ.

މި މުހިންމު ިންމު ފިޔަވަޅަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު، އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށް އެޅޭ އިތުރު ފިޔަވަޅެކެވެ. މީގެ ސަބަބުން، ރައްޔިތުންނަށް މާލެއަށް ދަތުރުކުރުމަކާ ނުލައި، އެ ފަރާތްތަކުގެ އަތޮޅުގައި މި މުހިންމު ޚިދުމަތްތައް ލިބިގެންދާނެއެވެ. މިއީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ލާމަރުކަޒީ އުސޫލުން ފޯރުކޮށްދިނުމަށް އަޅުއްވާ މުހިންމު ފިޔަވަޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސަޕްލައި ދޯންޏެއް ބަންޑުން ޖަހާލައި މީހަކު ނިޔާވެއްޖެ

އެސްޓީއޯގެ ފިޔާ ޝިޕްމަންޓް ބާޒާރަށް ނެރެ، ވިއްކަން ފަށައިފި

mdp

އެމްޑީޕީގެ ކޮންގްރެސް ކައުންސިލް އިންތިހާބަށްފަހު ބާއްވާގޮތަށް ނިންމައިފި

dhiraagu

ދިރާގަށް ސާފު ފައިދާގެ ގޮތުގައި 238 މިލިޔަން ރުފިޔާ

ELL Mobile Advertisement TTH_advertisement