ކުއްލި ޚަބަރު

ބަނގުރަލުގެ ވިޔަފާރިކުރި ހަތަރު ބިދޭސީއަކު ޑީޕޯޓްކޮށްލަނީ

ގޭސް މާނުގެ މައްޗަށް ސާބިތު ނުވި ދައުވާތައް އިސްތިއުނާފު ކުރަނީ

އެމްޕީއެލް މުވައްޒަފަކު ފިޓު ޖެހުމުގެ ސަބަބުން މަރުވެއްޖެ

ބްރޯޑްކޮމްގެ މެމްބަރުކަމަށް ޞަރާޙަތާއި ކުރީގެ މެމްބަރ މުޙައްމާ އައްޔަންކުރަން ރުހުންދީފި

Screenshot 2025 01 16 095254

މިހާރު ހުސްވެފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މެމްބަރުކަމުގެ މަޤާމަށް އެކޮމިޝަނުގެ ކުރީގެ މެންބަރު، އަލްއުސްތާޛާ އާމިނަތު ޞަރާޙަތު ޢިއްޒަތު އާއި މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އަބްދުﷲ އައްޔަންކުރަން ރުހުންދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލާފައިވާ އެފަރާތްތަކާއި އިންޓަވިއުކުރުމަށްފަހު މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ރިޕޯޓު މިއަދުގެ ޖަލްސާއަށް ހުށަހެޅުމަށްފަހު ވޯޓަށް އަހާފައިވަނީ 3 ބޭފުޅަކަށެވެ. އޭގެ ތެރެއިން 2 ޞަރާޙަތާއި މުޙައްމަދު އަބްދުﷲގެ ނަން ފާސްވުމުން އިތުރު ބޭފުޅުންގެ ނަންތަކަށް ވޯޓަށް އަހާފައިނުވެއެވެ. އެ ތިން ފޭފުޅުންގެ ތެރެއިން އަލްއުސްތާޛާ އާމިނަތު ޞަރާޙަތު ޢިއްޒަތުގެ ނަން ފާސްވީ 68 މެންބަރުންގެ ވޯޓުންނެވެ. އަދި މުޙައްމަދު އަބްދުﷲ ކޮމިޝަނުގެ މެންބަރުކަމަށް އައްޔަންކުރަން ފާސްވީ 58 މެންބަރުންގެ ވޯޓުންނެވެ.

ބްރޯޑް ކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ހުޅުވާލުމުން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އިސްކަންދެއްވާ ތަރުތީބުން ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް 12 ބޭފުޅެއްގެ ނަން ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސާވާއަށް ގެއްލުންދިން ކަމަށް ނިންމައި، ބްރޯޑްކޮމްގެ އައިޓީ އޮފިޝަލު ވަކިކޮށްފި

ޒަމްއަތު ބްރޯޑްކޮމްއަށް އައްޔަންކުރަން ރުހުންދީފި

Xee

ބްރޯޑްކޮމްގެ އެސްޖީ މަގާމުން ވަކިކޮށްފި

ބްރޯޑްކޮމްގެ މެންބަރުކަމަށް މޫސާ ރިޟްވާން އައްޔަންކުރަން މަޖިލީހުން ފާސްކުރައްވައިފި

TTH_advertisement