ކުއްލި ޚަބަރު

އިސްރާއީލުން އޮކިއުޕައިޑް ވެސްޓް ބޭންކަށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 10 މީހުން ޝަހީދުކޮށްލައިފި

ރައީސުލްޖުމްހޫރިއްޔާ، އެސްޓޯނިއާއަށް ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި

Img 1304

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެސްޓޯނިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.

‎މިހުގެ 13 އިން 16 އަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އަދި، މިއީ ދިވެހިރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުކަމަށް ރައީސްއޮފީހުން މައުލޫމާތުދެއެވެ.

‎ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ވަފުދު، މި ދަތުރުފުޅުގައި ސަމާލުކަން ދެއްވާނީ، އެއް ޤައުމުން އަނެއް ޤައުމަށް އިތުރަށް އެއްބާރުލުން ދިނުމާއި، ޑިޖިޓަލް، ސައިބަރ އަދި އީ-ގަވަނަންސް، މޫސުމީ ބަދަލު، ތިމާވެށީގެ މައްސަލަތައް އަދި ސައިންސާއި ތަޢުލީމީ ދާއިރާގައި އެކުގައި ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށެވެ.

‎މިދަތުރުފުޅުގެ މައިގަނޑު އަމާޒަކީި، ދިވެހިރާއްޖެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ މަގު އެކަށައެޅުމެވެ. ޑިޖިޓަލް ޓްރާންސްފޯމޭޝަނަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިސްކަންދެއްވާ ކަމެކެވެ. އެއަމާޒަށް ވާސިލްވުމުގެ ގޮތުން، އެކަން އެކި މަންސަތަކުގައި ޕްރޮމޯޓް ކުރުމާއި، އެކުވެރި ދައުލަތްތަކާއެކު ގުޅިގެން ޑިޖިޓަލް އަދި ދެމެހެއްޓެނިވި ކުރިމަގެއްް ބައްޓަންކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.

ގުޅުންހުރި

Dsc 7909

ކިނޮޅަހުގެ ފަތުރުވެރިކަމަށް އުއްމީދެއް ގެނެސްދެއްވައިފި

Dsc 7556 (1)

ރައީސް އިންނަމާދޫ ވޮލީ ކޯޓު ހުޅުއްވައިދެއްވައިފި

Original 1737609392152

އަލިފާނުގެ ހާދިސާއާއި ގުޅިގެން 22 ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދީފި

Img 4237 (1)

ރައީސް މުޢިއްޒު – ރައްޔިތުންނާ ގާތުން ބައްދަލުކުރައްވާ ނަމޫނާ ރައީސެއް