ކުއްލި ޚަބަރު

އައްޑޫ ސިޓީ އިމާމުންނާއި ޚަޠީބުން ތަމްރީން ކުރުމުގެ ޕްރޮގުރާމު ނިންމާލައިފި

މީޑިއާ ރެގިއުލޭޝަންގެ ބިލު ރައީސް ތަޞްދީޤު ކުރަށްވައިފި

އަކްރަމް ކަމާލުއްދީނާއި ޢާރިފްގެ މައްޗަށް ދަޢުވާކޮށްފި

އެއާބަސް އޭ330 ގެ ދަތުރު މިމަހު 22 ގައި ޗައިނާގެ ޗެންގްޑޫ އަށް ފަށަނީ

408700 3 E4e76a09db5cc70b32b754eadf46aae4d6867933 Medium

މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް، އޭ330 މަތިންދާބޯޓުގެ ފުރަތަމަ ދަތުރު މި މަހުގެ 22 ގައި ބާއްވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ، ޝެޑިއުލް ދަތުރުތަކުގެ ޓިކެޓް ވިއްކަން ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ. އެންމެ ފުރަތަމަ ދަތުރު ކުރަނީ ޗައިނާގެ ޗެންގްޑޫ ސިޓީއަށެވެ. ޗެންގްޑޫގެ އިތުރުން ބެއިޖިން އާއި ޝަންހާއީ އަށް ދަތުރުތައް ކުރަން ރާވާފައިވެ އެވެ. މޯލްޑިވިއަން އިން މީގެ ކުރިން ބުނެފައި ވަނީ، އެ އެއާލައިންގެ އެންމެ ބޮޑު ބޯޓު ދަތުރުކުރާ ޗައިނާގެ ސިޓީތައް ކަނޑައެޅީ، ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ މަންޒިލްތައް ބަލައިގެން ކަމަށެވެ.

މޯލްޑިވިއަންގެ އާ މަތިންދާބޯޓު ރާއްޖެ އަށް ގެނެސްފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ. އެއާބަސް އޭ330 ބޯޓުން 260 މީހުންގެ އުފުލޭނެ އެވެ. ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާސް ވެސް ހާއްސަ ކޮށްފައިވާ އެ ބޯޓުން ދުރުރާސްތާ ދަތުރުތައް ކުރެވޭނެ އެވެ. ކާގޯ އުފުލޭ ކެޕޭސިޓީއަކީ 10 ޓަނެވެ.

އެއާބަސް އޭ330 ބޯޓާ އެކު އެ އެއާލައިންގެ ފްލީޓުގެ އަދަދު 25 އަށް އިތުރުވާނެ އެވެ. އެއާލައިނުން އަންނަނީ މިހާރު 29 މަންޒިލަކަށް ދަތުރުތައް ކުރަމުންނެވެ. މިދިޔަ އަހަރުގެ ތެރޭގައި އެ އެއާލައިނުން ވަނީ 50،000 ފްލައިޓް އޮޕަރޭޓްކޮށް، އެއް މިލިއަން ފަސިންޖަރުން އުފުލައިފަ އެވެ. އެއާބަސް އޭ330 ބޯޓުގެ ދަތުރުތަށް ސީދާ އެކިމަންޒިލްތަކުން ފެށުމާއިއެކު ފަތުރުވެރިކަމަށް ހެޔޮބަދަލުތަކެއް އަންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އައްޑޫ ސިޓީ އިމާމުންނާއި ޚަޠީބުން ތަމްރީން ކުރުމުގެ ޕްރޮގުރާމު ނިންމާލައިފި

420166 98146565 e

މީޑިއާ ރެގިއުލޭޝަންގެ ބިލު ރައީސް ތަޞްދީޤު ކުރަށްވައިފި

dr.shaheem

މިއީ ޤައުމީ މުބާރާތުގެ ޙާފިޡުންގެ ބައިގައި އެންމެ ގިނަ ޙާފިޡުން ބައިވެރިވި އަހަރު: ޑރ. ޝަހީމް

ތިޖާރާ ރަށު ފަތުރު: ފެސިލިޓީއަށް ހުށަހެޅޭ ގޮތަށް ޕޯޓަލް ހުޅުވާލައިފި

TTH_advertisement