ކުއްލި ޚަބަރު

އިސްރާއީލުން އޮކިއުޕައިޑް ވެސްޓް ބޭންކަށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 10 މީހުން ޝަހީދުކޮށްލައިފި

އައުއަހަރުގެ ފެށުން ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ: މެޓް

444487851 122148675896148678 7333615420321785969 N Qoio2dvv33eenyo6jhmwwxbeab319unei2jkf5d4zs

އުޅަދޫކަރާގެ އިރުދެކުނުގައި އުފެދިފައިވާ ވިއްސާރަ ކޮޅިގަނޑެއްގެ ސަބަބުން ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ މޫސުން ވަރަށް ގޯސް ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވިދާޅުވެއްޖެއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ސްރީލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި، މި ކޮޅިގަނޑާއި ގުޅިފައިވާ ލޯޕްރެޝަރ ޓްރަފްގެ ސަބަބުން، އާ އަހަރުގެ ބަންދު ތެރޭގައި އަށް ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވަޔާއި ކަނޑުގެ ގަދަވެ އަދި ބައެއް ރަށްތަކަށް އުދަ އެރުމުގެ ފުރުސަތު އޮތް ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އަދި ވައި ޖެހޭނީ އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުތުރާއި އިރު އުތުރުން އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައިކަން ވެސް މެޓްއޮފީހުން ލަފާކުރައްވާފައިވެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަށް ވައިގަދަވާނެ ކަމަށް ބެލެވޭ ކަމަށް ވެސް މެޓް އިން ވިދާޅުވެފައި ވެއެވެ.

އައުއަހަރު ބަންދާއި ދިމާކޮށް ރައްރަށަށް ދަތުރުކުރާމީހުން އިތުރުވެފައިވާއިރު، މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ހުރިހާ ފަރާތްތަކުން ވެސް ޚާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކުރައްވައިފައެވެ.

ގުޅުންހުރި

Dsc 7909

ކިނޮޅަހުގެ ފަތުރުވެރިކަމަށް އުއްމީދެއް ގެނެސްދެއްވައިފި

Dsc 7556 (1)

ރައީސް އިންނަމާދޫ ވޮލީ ކޯޓު ހުޅުއްވައިދެއްވައިފި

Original 1737609392152

އަލިފާނުގެ ހާދިސާއާއި ގުޅިގެން 22 ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދީފި

330866 3 Bfe7bb13345b73acd0468e93d969c09f550ffc40 Medium

ގެމަނަފުށީގައި ބީޗް ވޮލީބޯޅަ މުބާރާތެއް ބާއްވަނީ