ކުއްލި ޚަބަރު

އައްޑޫ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުނެގުމަށް މާލޭގައި ހަތް ވޯޓް ފޮށި ބަހައްޓާނެ

ޖަރުމަނުގެ ސަފީރު ރައީސަށް ފަތްކޮޅު އަރުވައިފި

ފުރުޤާން މިސްކިތް ކުރިމަތީ ހިތްފަސޭހަ މައިޒާނަކާއި ސައިކަލް ޕާކިންގްއެއް ތަރައްޤީ ކުރަނީ

އެމްއެމްއޭ ގެ ފުރަތަމަ ރިސާޗް ކޮންފަރެންސް ބާއްވައިފި

Rc2024 Opening Gallery 01 2

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެމްއެމްއޭގެ އެންމެ ފުރަތަމަ ރިސާޗް ކޮންފަރެންސްގައި ކީނޯޓާއި ޕެނަލް ޑިސްކަޝަންތަކާއި ދިރާސީ ކަރުދާސްތައް ހުށަހެޅަޅައި ވޯކްޝޮޕްތައް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

އެމްއެމްއޭ ރިސާޗް ކޮންފަރެންސްގެ މި އަހަރުގެ ތީމަކީ ‘އިގްތިސާދީ ދިރާސާތައް ފުޅާކުރުމުގައި ދެމެހެއްޓެނިވި ކުރިމަގަކަށް ސިޔާސަތުތައް ބައްޓަންކޮށް އީޖާދުކުރުން’ މެވެ.

 

Rc2024 Opening Gallery 06 2

މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ޗާންސެލަރ ޑރ. މަހްމޫދު ޝައުގީ އެވެ.

މި ކޮންފަރެންސްގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ ދިރާސާވެރިންނާއި މާލީ އިދާރާތަކުގެ ބޭފުޅުންނާއި އިގްތިސާދީ އަދި ފައިނޭންޝަލް ޓެކްނޮލޮޖީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކެއް ބައިވެރިވިއެވެ.

މިއަދުގެ ފުރަތަމަ ސެޝަންގައި ގަވަރުނަރު އަހްމަދު މުނައްވަރުގެ އިތުރުން، އެމްއެންޔޫ ޗާންސެލަރު ޝައުގީ އަދި ރިޒާވް ބޭންކް އޮފް އިންޑިއާގެ ޑެޕިއުޓީ ގަވަރުނަރު ވަނީ ވާހަކަ ދައްކަވާފައެވެ.

ގަވަރުނަރު މުނައްވަރުގެ ވާހަކައިގައި ރަނގަޅު ސިޔާސަތުތަކެއް ބައްޓަންކުރުމަށް ހަރުދަނާ ދިރާސާތަކެއް ކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލެއްވިއެވެ.

ރާއްޖޭގެ އެކި އިދާރާތަކުން އިގްތިސާދީ ދިރާސީ މަސައްކަތްތައް ކުރުމުގައި ގުޅިގެން އުޅުމަށް ބޭނުންވާ ކުރިއެރުން ހޯދުމަށް މަގު ކޮށޭނީ އޭރުން- ޗާންސެލަރު

މި ރިސާޗް ކޮންފަރެންސްގައި ވަނީ އެމްއެމްއޭ ރިސާޗް ފަންޑް އިފްތިތާހުކޮށްފައެވެ. މި ފަންޑް އިފްތިތާހު ކުރެއްވީ އެމްއެންޔޫ ޗާންސެލަރު މަހްމޫދު ޝައުގީއެވެ.

އެމްއެމްއޭގެ މި ފަންޑުގެ އަމާޒަކީ ދިރާސާތައް ކުރުމަށް ހިތްވަރުދީ ދިރާސާ ކުރާ ފަރާތްތަކަށް ފަހި މާހައުލެއް ބިނާކުރުމެވެ. މި ފަންޑު އެމްއެމްއޭ އިން ފަށާފައިވަނީ އެއް މިލިއަން ރުފިޔާއާ އެކުއެވެ. އަދި މި ފަންޑަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި އިދާރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ..

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޕްރިންސިޕަލުންގެ މަހާސިންތާ އަންނަ ހޮނިހިރު ދުވަހު ފަށަނީ

Ec election commission

ޚިޔާލު ހޯދުމުގެ އާންމު ވޯޓުލުމަށް އައްޑޫގެ 3 ރަށާއި މާލޭގައި 18 ވޯޓު ފޮށި ބަހައްޓާނެ: އިލެކްޝަން

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އަންނަ މަހު ރަސްމީކޮށް ހުޅުވަން ތައްޔާރުވަނީ

112

އައްޑޫ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުނެގުމަށް މާލޭގައި ހަތް ވޯޓް ފޮށި ބަހައްޓާނެ

TTH_advertisement