ކުއްލި ޚަބަރު

ފޭދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ބީއެމްއެލްއާއި މޯޕާ ގުޅިގެން ޕްލާސްޓިކް ރިސައިކަލް ކުރުމުގެ ޕްރޮޖެކްޓެއް

މުނާގެ ދައުރު ހަމަވާތީ، އެޗްއާރްސީއެމްގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ތުހުމަތުގައި 3 މީހަކު ހައްޔަރު ކޮށްފި

Img 1958 876x584 1

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރު ކޮށްފިއެވެ. އަދި ކްރިމިނަލް ކޯޓުން ވަނީ އެމީހުން ބަންދުކުރުމަށް އަމުރުކޮށްފައެވެ. މިގޮތުން ހއ. ދިއްދޫ / ފާގަތިގެ، އަޙްމަދު ނަޞީރު (45އ) ފަސް ދުވަހަށް، ގއ. ކަނޑުހުޅުދޫ / ނެސްޓް، ޢަލީ އައިހަމް (18އ) 10 ދުވަހަށް އަދި ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ރޮހަމާން (29އ) ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

ކަސްޓަމްސްއިން ފުލުހުންނާ ހިއްސާކުރި މަޢުލޫމާތަކާ ގުޅިގެން އަޙްމަދު ނަޞީރު ހައްޔަރުކޮށްފައިވަނީ އޮކްޓޫބަރު 31 ވަނަ ދުވަހުގެ ރޭ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުންނެވެ. އޭނާ ހައްޔަރުކުރުމަށްފަހު ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ކުރިއަށް ގެންދިޔަ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގައި އަނެއް ދެމީހުން ހައްޔަރުކޮށްފައިވަނީ މާލެއިންނެވެ.

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ގެންގުޅެ، ބޭނުންކޮށް އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މިތިން މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ވަގުތީ ބަރުދަނުގައި 5 ކިލޯ 936 ގްރާމްގެ އެއްޗެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މިމައްސަލަ ފުލުހުން ދަނީ ތަޙްޤީޤުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކުޅުދުއްފުއްޓާއި އައްޑޫގައިވެސް އައިނު ފިހާރަ ހުޅުވާނީ

ސްޓެލްކޯގެ ބޯޑަށް މުޒްނާ އައްޔަންކޮށްފި

ދޮޅުމަސްތެރޭ ސަރުކާރުން ހިލޭ 2000 އައިނު ހައްދައިފި

66

ފޭދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ELL Mobile Advertisement TTH_advertisement