ކުއްލި ޚަބަރު

މައްޗަންގޯޅީގައި ހުރި ގުދަނެއްގައި އަލިފާން ރޯވެ އަނދަނީ

‘ސިފައިންގެ މައުރަޒު 2024’ ރައީސް މުއިއްޒު ހުޅުވައިދެއްވައިފި

5a22b49b Ceb3 4b69 B561 407a157d8e29

އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ‘ސިފައިންގެ މައުރަޒު 2024’ ރައީސް މުހައްމަދު މުއިއްޒު މިއަދު ހުޅުވައިދެއްވައިފިއެވެ.

މި މައުރަޒު ހުޅުވައިދެއްވުމަށްފަހު އެމަނިކުފާނު ވަނީ މައުރަޒު ބައްލަވާލައްވާފައެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްގެ އިތުރުން ސިފައިންގެ އިސްވެރިންނާއި ވަޒީރުންނާއި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަހަރުގެ މައުރަޒުގައި 200 އަށްވުރެ ގިނަ ޑިސްޕްލޭ ހިމެނޭއިރު، އެހެން އަހަރުތަކާ ޚިލާފަށް، 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ބޭނުންކުރި ބައެއް އަސްލު ހަތިޔާރުތަކާއި އެހެނިހެން ތަކެތި ވެސް އާންމުންނަށް ފެންނަން ހުންނާނެއެވެ. މި މައުރަޒުގެ މައިގަނޑު އެއް މަޤްޞަދަކީ ނަސްރުގެ ދުވަހުގެ މަޢުލޫމާތު މިއަދުގެ ޖީލަށް ފޯރުކޮށްދިނުމެވެ.

ނޭޝަނަލް އާޓް ގެލެރީގައި ބާއްވާ މި މައުރަޒު ހެނދުނު 9 އިން މެންދުރު 12 އަށާއި، މެންދުރުފަހު 2 އިން ހަވީރު 6 އަށާއި، ރޭގަނޑު 8 އިން 9 އަށް އާންމުންނަށް ހުޅުވިފައި ހުންނާނެއެވެ. މިއަހަރުގެ ނަސްރުގެ ދުވަސް ފެށުނީ ބޮޑު ޖަމާޢަތުގައި ކުރެވުނު ފަތިސް ނަމާދުންނެވެ. އަދި އޭގެފަހުން ރައީސްގެ ދެކަނބަލުން ވަނީ 3 ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައެވެ.

ގުޅުންހުރި

381909 3 2d3e7a0eb49e77d4f0de615b53b99882bb1efb02 Medium

ފަޒުލްއަށް އެޗްޑީސީގެ ރަސްމީ ލިއެކިއުންތަކެއް ނައްތާލިކަމުގެ ކުށުގެ ތުހުމަތު ކުރެވެނީ

Original 1737593307214

މައްޗަންގޯޅީގައި ހުރި ގުދަނެއްގައި އަލިފާން ރޯވެ އަނދަނީ

Img 4435

އިންނަމާދޫގައި ބޯޓް ބިލްޑިން ތަމްރީންދޭ މަރުކަޒެއް ޤާއިމްކުރަނީ

Img 4242

ރަސްމާދޫގައި އަލަށް ޢިމާރާތްކުރާ ކައުންސިލް އިދާރާގެ މަސައްކަތް ފެށިއްޖެ