ކުއްލި ޚަބަރު

ލޫޓުވައިފި މުޒާހަރާއާ ގުޅިގެން މެންބަރު މައުރޫފާއި އިތުރު ބައެއް މީހުންގެ މައްޗަށް ދައުވާކޮށްފި

ޚިޔާލު ހޯދުމުގެ ވޯޓާއި ދައުރު ދަންމާލުމާ ގުޅުމެއް ނެތް: ފަލާހު

ރާއްޖެއަށް އިތުރު އެއާލައިންތައް ގެންނަން ސަރުކާރުން ނިންމައިފި

ޚިޔާލު ހޯދުމުގެ ވޯޓާއި ދައުރު ދަންމާލުމާ ގުޅުމެއް ނެތް: ފަލާހު

Oo

ބޮޑު ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ދެކޭގޮތެއް ބަލަން ނަގާ ފެންނަ ނުފެންނަ ވޯޓާއި ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ދައުރު ދަންމާލުމާ އެއްވެސް ގުޅުމެއް ނެތް ކަމަށް ޕީއެންސީގެ ކައުންސިލް އިންތިޚާބުގެ ކެމްޕޭން މެނޭޖަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.

މިއަދު ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަލާހު ވަނީ އިދިކޮޅު އެމްޑީޕީން އެ ވޯޓާ ގުޅޭގޮތުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވާފައެވެ.

އިދިކޮޅު އެމްޑީޕީން ބުނެފައި ވަނީ ބޮޑު ދެ އިންތިޚާބު އެއްކޮށްލުމަށް ނަގާ ވޯޓަކީ ރިޔާސީ ދައުރު ދަންމާލުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތުގެ ފެށުން ކަމަށެވެ.

އެކަމަށް ރައްދުދެއްވައި ފަލާހު ވިދާޅުވީ އެމްޑީޕީން ދައްކަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.

ފަލާހު ވިދާޅުވީ، ދައުރެއްގެ ތެރޭގައި ސަރުކާރަކާ މެދު ރައްޔިތުން ދެކޭ ގޮތް އިންތިޚާބުތަކުން އެނގިގެންދާ ކަމަށެވެ. އެހެންނަމަވެސް ބޮޑު ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވި ކަމުގައިވިއަސް، ރައްޔިތުންނަށް ވެރިކަމާއި މެދު ދެކޭ ގޮތް ހާމަކުރުން ދައުރުގެ މެދުތެރެއިން އިތުރު ފުރުސަތެއް ލިބޭ ކަމަށް ވިދާޅުވިއެވެ.

“ރިޔާސީ ދައުރުގައި މެދުގައި އެބައާދޭ ލޯކަލް ކައުންސިލް އިންތިޚާބު، ފަސް އަހަރު ދުވަސް ފުރޭނީ ދެން އަންނަ ރިޔާސީ އިންތިޚާބެއްގެ މެދަށް ގާތްގަނޑަކަށް. އެހެންވީމަ ދައުރެއްގެ މެދުތެރޭގައި ދިވެހިރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އިންތިޚާބަކީ ލޯކަލް ކައުންސިލް އިންތިޚާބު. އެއިންތިޚާބު އެބަ ބޭއްވޭ ކޮންމެ ރިޔާސީ ދައުރެއްގެ މެދާއި ދިމާކޮށް،” ފަލާޙް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mp Falah

ޓެރަރިޒަމް ގާނޫނަށް އެމްޑީޕީން ހުށަހެޅި އިސްލާހަށް ސަރުކާރުގެ ތާއީދު އެބައޮތް: ފަލާހު

DSC09861

އެމްޑީޕީގެ ސިޔާސަތުތައް ވަނީ ބާވެ މުސްކުޅިވެފައި: ފަލާހު

117

ކައުންސިލް އިންތިޚާބުގެ ޕީއެންސީގެ ކެމްޕޭން މެނޭޖަރަކީ ފަލާހު

778

އުންމީދުކުރި ވަރަށް ވުރެ ބޮޑަށް ރައީސް މުއިއްޒު ޚިދުމަތްކޮށްދެއްވައިފި: ފަލާހު

TTH_advertisement