ކުއްލި ޚަބަރު

އަމާޒަކީ އާބާދީގެ ނިސްބަތުން ހާފިޒުން އެންމެ ގިނަ އިސްލާމީ ގައުމަށް ރާއްޖެ ހެދުން: ޝަހީމް

ލޫޓުވައިފި މުޒާހަރާއާ ގުޅިގެން މެންބަރު މައުރޫފާއި އިތުރު ބައެއް މީހުންގެ މައްޗަށް ދައުވާކޮށްފި

ޚިޔާލު ހޯދުމުގެ ވޯޓާއި ދައުރު ދަންމާލުމާ ގުޅުމެއް ނެތް: ފަލާހު

ހަނގުރާމައާ ގުޅިގެން ދިވެހި އުމްރާވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފި

Mussss

މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމައާ ގުޅިގެން ދިވެހިރާއްޖެއިން ޢުމްރާއަށްދާ ފަރާތްތަކުން އަދި ޢުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް މިހާރު ގޮސްފައިވާ ފަރާތްތަކުން ދަތުރުފަތުރުގެ އެންމެހާ ކަންކަމުގައި އިތުރަށް ސަމާލުވެ ތިއްބެވުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އުމްރާވެރިން ޚާއްސަ ކަމެއް މެދުވެރިވެއްޖެ ހާލަތެއްގައި ސަޢުދީ ޢަރަބިއްޔާގެ ރިޔާޟުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ހޮޓްލައިން ނަންބަރު +966506894477)) އާއި ސަޢުދީ ޢަރަބިއްޔާގެ ޖިއްދާގައި ގާއިމުކޮށްފައިވާ ދިވެހިރާއްޖޭގެ ކޮންސިއުލޭޓުގެ ހޮޓްލައިން ނަންބަރު +966530838329)) އަށް ވީ އެންމެ އަވަހަކަށް އެންގުމަށް އެދޭ ކަމަށެވެ.

ޢުމްރާވެރީންނަށް ޚާއްސަކޮށްގެން މައުލޫމާތު ފޯރުކޮށްދިނުމަށް ޓަކައި ޚާއްސަ ހޮޓްލައިން ނަންބަރެއް އެ މިނިސްޓްރީގައި ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ޢުމްރާ ދަތުރުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމާއެކު ކަމާގުޅުންހުރި ރަސްމީ ފަރާތްތަކުންނާއި ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ފޯރުކޮށްދެއްވާ އިރުޝާދުތަކާއި އެންގެވުންތަކަށް ޢުމްރާއަށްދާ އެންމެހާ ފަރާތްތަކުން ސަމާލުކަން ދިނުމަށް މިނިސްޓްރީން ވަނީ ނަސޭޙަތްތެރިވެފައެވެ.

މިނިސްޓްރީން ބުނީ މައްކާގައި ތިބި ޢުމްރާވެރީންގެ ކަންކަން މިނިސްޓްރީގެ ފަރާތުން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

98

ސައުދީން 15 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާކޮށްފި

“ހުކުރު ޚުތުބާ ކުއިޒް” އިފްތިތާޙުކޮށްފި

66

ބަރުބަރީ މިސްކިތް އަންނަ ހަފްތާގައި ހުޅުވަނީ

ހުކުރު ޚުޠުބާ ލިޔާ މައުޟޫޢުތަކާމެދު ރައްޔިތުންގެ ޚިޔާލު ހޯދަނީ

TTH_advertisement