ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި ސައުދީ އަށް، ދިރާގު ކަސްޓަމަރުންނަށް ހިލޭ ގުޅޭ ގޮތް ހަމަޖައްސައިދީފި އެވެ.
ދިރާގުން ބުނީ، މި ހިދުމަތަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން، އެ ސަރަޙައްދުގައި ދިރިއުޅޭ ދިވެހި އާއިލާތަކަށް ގުޅައި، މެދުކެނޑުމެއްނެތި މުއާސަލާތު ކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ފޯރުކޮށްދީފައިވާ ހިދުމަތެއް ކަމަށެވެ.
މި ހިދުމަތުގައި ޔޫއޭއީ އަށާއި، ސައުދީ އަރަބިއްޔާ އަށް ހިލޭ ގުޅުމަށް 30 މިނިޓު ލިބިގެންދާނެކަމަށް ދިރާގުން ބުންޏެވެ. މި ހިދުމަތް ބޭނުންވާ ފަރާތްތަކުން، ހިދުމަތް އެކްޓިވޭޓް ކުރުމަށްޓަކައި #225* އަށް ޑައިލް ކުރުމަށާއި، އަދި މަދާމާގެ ކުރިން އެކްޓިވޭޓް ކުރުމަށް ވަނީ އިރުޝާދު ދީފަ އެވެ. އަދި މި ހިދުމަތް އެކްޓިވޭޓް ކުރުމުން ހަތް ދުވަހުގެ މުއްދަތަށް ހިލޭ މިނިޓްތައް ބޭނުން ކުރެވޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ދިރާގު ކަސްޓަމަރުންނަށް ފުރިހަމަ، އަދި ކަސްޓަމަރުންގެ އިހުސާސްތަކާއި ގުޅޭ ގޮތުން ހިދުމަތް ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ އަމާޒެކެވެ. އެގޮތުން ކަސްޓަމަރުންނާ ދިމާވާ އެކި އެކި ކާރިސާތަކުގައި ،އާއިލާއާއި ރައްޓިހިންނާއި ގުޅުން ބޭއްވުމަށް އެންމެ ލުއި ފަސޭހަ ޕެކޭޖްތަކެއް ތަޢާރަފްކޮށް، ހިދުމަތް ފޯރުކޮށްދިނުމަކީ ދިރާގުން އަބަދުވެސް ކުރަމުން އަންނަ ކަމެކެވެ.
ކިޔުންތެރިންގެ ހިޔާލު