ކުއްލި ޚަބަރު

އަމާޒަކީ އާބާދީގެ ނިސްބަތުން ހާފިޒުން އެންމެ ގިނަ އިސްލާމީ ގައުމަށް ރާއްޖެ ހެދުން: ޝަހީމް

ލޫޓުވައިފި މުޒާހަރާއާ ގުޅިގެން މެންބަރު މައުރޫފާއި އިތުރު ބައެއް މީހުންގެ މައްޗަށް ދައުވާކޮށްފި

ޚިޔާލު ހޯދުމުގެ ވޯޓާއި ދައުރު ދަންމާލުމާ ގުޅުމެއް ނެތް: ފަލާހު

ހަމަލާތައް ކުށްވެރިކުރުމަށްފަހު، ރާއްޖެއިން ގޮވާލީ އަލުން ސުލްހަ ގާއިމްކުރަން

މެދުއިރުމަތީގައި ކުރިއަށްދާ ހަމަލާ ބަދަލުކުރުންތައް ހުއްޓާލައި، އަލުން ސުލްހަވުމަށް ދިވެހި ރާއްޖެއިން ގޮވާލައިފިއެވެ.

ހާރިޖިއްޔާއިން މިރޭ ނެރުނު ބަޔާނުގައި ބުނީ މެދުއިރުމަތީގެ ބައެއް ޤައުމުތަކުގައި މިއަދު ހިނގާދިޔަ ހަމަލާ ބަދަލުކުރުންތައް ރާއްޖެއިން ކުށްވެރިކުރާ ކަމަށާއި، މަޝްރަހު އިތުރަށް ހޫނުވިޔަނުދީ ހައްލުކުރުމަށް ބާރުއަޅާކަމަށެވެ.

އދ ގެ ޗާޓަރުގައިވާ ކަންކަމަށް ހުރިހާ ފަރާތްތަކަކުންވެސް އިހުތިރާމްކުރަންޖެހޭކަން ފާހަގަކުރަމުން މި ބަޔާނުގައި ރާއްޖެއިން ވަނީ ހުރިހާ ދައުލަތްތަކެއްގެ މިނިވަންކަމާއި، ސިޔާދަތާއި، ސަރަޙައްދީ ރައްކާތެރިކަމަށް އެއްޤައުމު އަނެއްޤައުމުން އިހުތިރާމް ކުރުމަށް އެދިފައެވެ.  އަދި ސަރަހައްދީ ދުނިޔޭގެ ސުލްހަ މަސަލަސްކަން ގާއިމްކުރުމަށް އެންމެހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމަށް ދިވެހި ސަރުކާރުން ވަނީ ހުރިހާ ފަރާތްތަކަކަށް ގޮވާލާފައެވެ.

މެދުއިރުމަތީގެ މަޝްރަހު ގޯސްވެފައިވަނީ އެމެރިކާ އަދި އިސްރާއީލުން އިސްވެ އީރާނަށް ވައިގެ މަގުންނާއި ކަނޑުމަގުން ހަމަލާތައް ދިނުމުންނެވެ. ރައްދުގައި އީރާނުން ވަނީ ގަލްފުގެ ޤައުމުތަކުގައި ހުރި އެމެރިކާގެ ބޭސްތަކަށް މިސައިލުން ހަމަލާތައްދީފައެވެ. މީގެ ތެރޭގައި ޤަތަރު، ބަހްރެއިން، ސައުދީ އަދި ޔޫއޭއީ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

higher education

ދަރިވަރުންގެ ސަލާމަތާ ތައްކާތެރިކަމަށް ޚާއްސަ އިސްކަމެއް ދަނީ ދެމުން: ވުޒާރާ

Male Local Market

އަސާސީ ބާވަތްތައް މެދުނުކެނޑި ލިބޭނެކަން ކަށަވަރު ކުރާނެ: ސަރުކާރު

ޚާމަނާއީ އަވަހާރަވި ކަމަށް ދެކެވޭ ވާހަކަ އީރާނުން ދޮގުކޮށްފި

velana airport

ފުރަން ދިއުމުގެ ކުރިން ފްލައިޓް މައުލޫމާތު ސާފުކުރުމަށް އެމްއޭސީއެލުން އެދިއްޖެ

TTH_advertisement