ކުއްލި ޚަބަރު

ސިނަމާލޭ ބްރިޖުގައި ޕިކަޕެއް ފުރޮޅާލައި ގެއްލުންތަކެއް ވެއްޖެ

ހުޅަނގު އައްސޭރީގެ ބިންތައް ޔަހޫދީންގެ މުދަލަށް ހެދުން ބަލައި ނުގަންނަން: ޑރ. ޚަލީލް

އައްޑޫ ސިޓީ އާއި ހުޅުދޫ އާއި މީދޫގެ އިދާރީ ދާއިރާތަކުގެ އިޚްތިޞާޞަށް ބަދަލުގެންނަވައިފި

މިއަދު ހުޅުމާލޭ ރަޝީދު މިސްކިތުގައި ހުކުރު ކުރައްވާނީ އަދުނާން މެންކު

ޒިންބާބްވޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އަދުނާން މެންކު، ހުޅުމާލޭގައި ހުންނަ މަސްޖިދު ރަޝީދުގައި މިއަދު ހުކުރު ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ރަޝީދު މިސްކިތުގައި ހުކުރު ކުރައްވައި، ހުކުރު ޚުތުބާ ދެއްވާނީވެސް އަދުނާން މެންކް އެވެ. ޚުތުބާ ދެއްވާނީ އިނގިރޭސި ބަހުންނެވެ.

ޝެއިޚް އަދުނާން މެންކު އަންނަނީ މަސްޖިދުލް އީމާންގައި ސިލްސިލާ ދަރުސްތަކެއްވެސް ދެއްވަމުންނެވެ.

މިދިޔަ ހޯމަ ދުވަހުން ފެށިގެން ހަފްތާއަކަށް ކުރިއަށް ގެންދާ މި ދަރުސްތައް އޮންނަނީ އަސުރު ނަމާދަށް ފަހުގައެވެ. ދަރުސްގައި އަލި އަލިއަޅުވާލައްވަނީ އަހަރެމެންގެ ލޮބުވެތި ރަސޫލާ މުހައްމަދު ﷺ ގެ ހަޔާތްޕުޅުން ލިބިދޭ ޢިބުރަތްތަކުގެ މައްޗަށެވެ.

ޝެއިޚްގެ ދަރުސްތައް އިންތިޒާމްކޮށްގެން ކުރިއަށް ގެންދަނީ ދިވެހިންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ އަލް-ޢަސްރު ޖަމިއްޔާއިންނެވެ.

ޢަސްރުން މީގެ ކުރިން ވަނީ ޒިންބާބުވޭއަށް ނިސްބަތްވާ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އިބްރާހިމް މެންކު ވެސް ރާއްޖެ ގެނެސްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު
TTH_advertisement