ކުއްލި ޚަބަރު

ހުޅަނގު އައްސޭރީގެ ބިންތައް ޔަހޫދީންގެ މުދަލަށް ހެދުން ބަލައި ނުގަންނަން: ޑރ. ޚަލީލް

އައްޑޫ ސިޓީ އާއި ހުޅުދޫ އާއި މީދޫގެ އިދާރީ ދާއިރާތަކުގެ އިޚްތިޞާޞަށް ބަދަލުގެންނަވައިފި

ފަސް ރަށެއްގައި ފުޓުބޯޅަ ދަނޑު އަޅަން ބަޔަކާ ހަވާލުކޮށްފި

ހުޅަނގު އައްސޭރީގެ ބިންތައް ޔަހޫދީންގެ މުދަލަށް ހެދުން ބަލައި ނުގަންނަން: ޑރ. ޚަލީލް

ހުޅަނގު އައްސޭރީގެ ބިންތަކަކީ ދައުލަތުގެ މުދާ ކަމަށް ބަލައި ފޭރިގަތުމަށް ކުރަމުންދާ މަސައްކަތް ދިވެހިރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ޚާރިޖީ ވަޒީރު މިހެން ވިދާޅުވީ ސަޢުދީ ޢަރަބީއްޔާގެ ޖިއްދާގައި ބޭއްވި އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ރާއްޖެ ތަމްސީލްކުރައްވާ ވާހަކަ ދައްކަވަމުންނެވެ.

އޯއައިސީގެ އެގްޒެކެޓިވް ކޮމެޓީގެ ޚާރިޖީ ވަޒީރުންގެ ފެންވަރުގެ ކުއްލި ބައްދަލުވުމަކީ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ބިންތަކަށް ޣައިރުޤާނޫނީ ބާރު ހިންގައި، އެ ބިންތައް ފޭރިގަތުމަށް ޔަހޫދީން ނިންމުމާއި ގުޅިގެން ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ބައިވެރިވި ޤައުމުތަކުން ވަނީ ޔަހޫދީންގެ މި ނިންމުމާއި ދެކޮޅަށް އަޑު އުފުލާފައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ ހުޅަނގު އައްސޭރި ފޭރިގަތުމަށް ޔަހޫދީން ކުރާ މަސައްކަތް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އަދި މި ނާޒުކު ދަނޑިވަޅުގައިވެސް ދިވެހިން ތިބީ ފަލަސްޠީނުގެ ރައްޔިތުންނާއި އެކުގައި ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މި ބައްދަލުވުމުގައި އަލިއަޅުވާލެއްވި ނުކުތާތައް ވަޒީރު ހިއްސާކުރެއްވިއެވެ. ވަޒީރު ޑރ. ޚަލީލް ވަނީ ޔަހޫދީން ހުޅަނގު އައްސޭރިއަށް އަތްގަދަކޮށް ހިފާފައިވާ ހުޅަނގު އައްސޭރީގެ ބިންތަކަކީ ޔަހޫދީ ދައުލަތުގެ މުދާ ކަމަށް ހެދުމަށް ކުރާ މަސައްކަތް ކުށްވެރިކޮށްފައެވެ. އަދި އެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކޮށް ބިންތައް އަތުލައި ހިންގަމުންދަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފު ޢަމަލުތަކެއް ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ޚާރިޖީ ވަޒީރު ވަނީ ފަލަސްޠީނުގެ ބިންތަކަކީ ފަލަސްޠީނުގެ ރައްޔިތުންގެ މިލްކެއްކަން ތަކުރާރުކުރައްވާފައެވެ. އަދި ފަލަސްޠީނުގެ މިނިވަންކަމަކީ އެއްވެސްގޮތަކަށް މަޝްވަރާއަށް ދޫކޮށްލެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވެ ޚާރިޖީ ވަޒީރު ވަނީ، ރާއްޖެއިން މިކަމުގައި ދަމަހައްޓަމުން އަންނަ ސްޓޭންޑް ތަކުރާރު ކުރައްވާފައެވެ. ރާއްޖެއިން އަބަދުވެސް ފަލަސްޠީނުގެ ރައްޔިތުންގެ މިނިވަންކަމާއި، އިސްތިޤުލާލަށް އަދި އަބުރުވެރި ދިރިއުޅުމެއް އުޅުމުގެ ހައްޤައް ވަކާލާތު ކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޔަހޫދީން ވެރިވެގަނެފައިވާ ހުޅަނގު އައްސޭރީގެ ބިންތަކުގެ މައްޗަށް އޮތް ކޮންޓްރޯލު އިތުރަށް ފުޅާކުރުމަށް އިސްރާއީލުގެ ކެބިނެޓުން ނިންމާފައި ވަނީ ފެބުރުވަރީ 15ވަނަ ދުވަހުއެވެ. އަދި، ޔަހޫދީ ވަޒަންވެރިންނަށް އެ ބިންތަކުގެ މިލްކުވެރިކަން ހޯދުމަށް ފަސޭހަކޮށްދިނުމަށް ފިޔަވަޅުތަކެއް އެޅުމަށްވެސް ޔަހޫދީ ކެބިނެޓުން އޮތީ ނިންމާފައެވެ. ފަލަސްޠީނުން ސިފަ ކުރި ގޮތުގައި މިއީ އެ މީހުންގެ ބިންތައް “އަމަލީ ގޮތުން ފޭރިގަތުމުގެ” އަމަލެކެވެ.

ދިވެހިރާއްޖެއިން ދަނީ ހުޅަނގު އައްސޭރީގެ ބިންތައް ހިމެނޭހެން ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމް ކުރުމަށް އަބަދުވެސް ވަކާލާތު ކުރަމުންނެވެ. އެގޮތުން 1967 ކުރީގެ ބޯޑަރަށް ރުޖޫޢުވެ އިރުމަތީ ޤުދުސްއަކީ އަލަށް ޤާއިމްކުރެވޭ ފަލަސްޠީނުގެ މިނިވަން ދައުލަތުގެ ވެރިރަށް ކަމުގައި ބަލައިގަތުމަށް ދިވެހިރާއްޖެއިން ދަނީ މެދެކެނޑުމެއް ނެތި ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކަނޑުގެ ލޮނުގަނޑު އުފުލުން، ޖަޒީރާ ޤައުމުތަކަށް އޮތް ބޮޑު ނުރައްކަލެއް: ޑރ. ޚަލީލް

Izaam

ފަލަސްތީނު މީހުންނަށް އެހީދޭ ޖަމާއަތުގެ އިމާރާތް ތަޅާލުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ޑރ. ޚަލީލް ބެލްޖިއަމް އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

Fam palestine

ފަލަސްޠީނު ފުޓްބޯޅައަށް އެހީވުމަށް އެފްއޭއެމުން އެއްކުރި ފައިސާ ހަދިޔާކޮށްފި

TTH_advertisement