ކުއްލި ޚަބަރު

އައްޑޫ ސިޓީ އާއި ހުޅުދޫ އާއި މީދޫގެ އިދާރީ ދާއިރާތަކުގެ އިޚްތިޞާޞަށް ބަދަލުގެންނަވައިފި

ފަސް ރަށެއްގައި ފުޓުބޯޅަ ދަނޑު އަޅަން ބަޔަކާ ހަވާލުކޮށްފި

ކެންދޫގެ އާ އިންޖީނުގެ އާއި ފެނަކަ އޮފީސް ހުޅުވައިފި

ރާއްޖޭގެ ބްރޯޑްބޭންޑް ޓެލެކޮމް ކުންފުނީގެ އެވޯޑު ދިރާގަށް ލިބިއްޖެ

މިއަހަރުގެ އޭޝިއަން ޓެލެކޮމް އެވޯޑްސްގައި ރާއްޖޭގެ ބްރޯޑްބޭންޑް ޓެލެކޮމް ކުންފުނީގެ އެވޯޑު ދިރާގަށް ލިބިއްޖެއެވެ.

އޭޝިއަން ޓެލެކޮމް އެވޯޑަސްއަކީ މި ސަރަހައްދުގެ މުވާސަލާތީ ސިނާއަތުގެ ކާބިޔާބީތައް ފާހަގަކޮށް، ޒަމާނީ ޑިޖިޓަލް މާހައުލެއް ބިނާކުރުމަށް ކުންފުނިތަކުން ހޯދާފައިވާ ކުރިއެރުންތައް ފާހަގަކޮށް ދޭ އެވޯޑެކެވެ. އެގޮތުން، ދިރާގަށް އެވޯޑު ލިބިފައިވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ، ހުރިހާ ގެއަކަށް، 100 ޕަސަންޓު ހައިސްޕީޑް ފައިބާ ބްރޯޑްބޭންޑްގެ ހިދުމަށް ފޯރުކޮށްދިނުމަށް ހޯދާފައިވާ ކާމިޔާބީގެ މައްޗަށެވެ.

ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދު ވިދާޅުވީ އޭޝިއަން ޓެލެކޮމް އެވޯޑްސް 2026 ގައި ރާއްޖޭގެ ބްރޯޑްބޭންޑް ޓެލެކޮމް ކުންފުނީގެ އެވޯޑް ލިބުމަކީ އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށެވެ. އެއީ އެންމެ މަތީ ފެންވަރުގެ ޑިޖިޓަލް ހިދުމަތްތަކާއި ތަޖުރިބާތައް ފޯރުކޮށްދިނުމަށްޓަކައި އެ ކުންފުނިން ކުރަމުންގެންދާ މަސައްކަތްތަކަށް ލިބުނު އިތުރު ކުރިއެރުމެއް އަދި ހިތްވަރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

“މިއަދު ރާއްޖޭގެ ކޮންމެ ގޭބީސީއަކަށް ވެސް ހައި ސްޕީޑް އިންޓަރނެޓްގެ ދޮރު ވަނީ ހުޅުވިފައި. އެހެންކަމުން، މިއީ ރާއްޖެއަށް ވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް، އަދި ފަހުރުވެރި ކާމިޔާބީއެއް. މި ފުރުސަތުގައި، އަޅުގަނޑުމެންގެ ހިދުމަތްތައް އިހުތިޔާރުކޮށް، ކުރައްވާ އިތުބާރަށް ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،” އިސްމާއީލް ރަޝީދު

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށާއި، ރިސޯޓުތަކުގެ އިތުރުން ސިނާއީ މަސައްކަތްކުރާ ރަށްރަށަށް 100 އިންސައްތަ 4ޖީ ހިދުމަތް ދިރާގުން ވަނީ ކަށަވަރުކޮށްދީފައެވެ. އޭގެ އިތުރުން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގޭބިސީއަކަށް ހައިސްޕީޑް ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ފޯރުކޮށްދީފައިވާ އިރު، ރާއްޖޭގެ އާބާދީގެ 73 އިންސައްތައަށް މިހާރު ދިރާގުގެ 5ޖީ ހިދުމަތް ލިބެމުންދެއެވެ.

ދާދި ފަހުން ދިރާގަށް ވަނީ އޫކްލާ ސްޕީޑް ޓެސްޓްގެ ފަރާތުން ދޭ ‘ފާސްޓެސްޓް 5ޖީ ނެޓްވޯކް’، ‘ބެސްޓް 5ޖީ ނެޓްވޯކް’ އަދި ‘ބެސްޓް 5ޖީ ގޭމިން އެކްސްޕީރިއަންސް’ އެވޯޑު Q1-Q2 2025 އަށް ލިބިފައެވެ.

ދިރާގުން ބުނީ އެ ކުންފުނީގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތަކެއް ގެނެސްދީ، ފާގަތި ޑިޖިޓަލް މުސްތަގުބަލެއް ބިނާކުރުމަށް މަގުފަހިކޮށްދިނުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދިރާގު 3X3 ޗެލެންޖަށް ރަޖިސްޓަރީކުރުމުގެ މުއްދަތު މިއަދަށް ހަމަވަނީ

dhiraagu

ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުގެ ޕަބްލިކް ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

ދިރާގުން މީޑިއާނެޓްއާ ގުޅިގެން އެމްޓީވީ މޮބައިލް ސްޓްރީމިންގެ ހިދުމަތް ތައާރަފުކޮށްފި

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމި ބައިވެރިންނަށް ސެޓްފިކެޓް ދީފި

TTH_advertisement