ކުއްލި ޚަބަރު

ވެމްކޯގެ ސައިޓެއްގައި ހިނގި ހާދިސާއަކާ ގުޅިގެން އެ ކުންފުނީގެ މުވައްޒަފަކަށް ވެންޓިލޭޓަރުގައި ފަރުވާދެނީ

އައްޑޫގައި ޑެންގީ ހުން ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ޑިޕްލޮމޭޓުންނަށް ރައީސް ރޯދަ ވީއްލުމެއް ދެއްވައިފި

ސިނާޢީ ރަށްރަށާއި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ނުބަހައްޓާނެ

VOTE
އިބްތިޚާބެއްގައި ބެހެއްޓި ވޯޓު ފޮށީގެ ވޯޓު ގުނުން | ފޮޓޯ: ފަރުދުން

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ސިނަޢީ ރަށްރަށާއި، ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ނުބަހައްޓާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. އެކޮމިޝަނުން ބުނީ އެތަންތަނުގައި ވޯޓުފޮށި ނުބެހެއްޓުމަށް ނިންމީ ވޯޓު ފޮށީ ބެހެއްޓޭވަރަށް މީހުން ރަޖިސްޓްރީވެފައި ނުވާތީކަމަށެވެ.

އަންނަ މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބާއި، އާންމު ޚިޔާލު ހޯދުމުގެ ވޯޓުގައި، ރަށްވެހިވެފައިވާ ތަންންނޫން އެހެންތަނަކަށް ވޯޓުލުމަށް ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުޞަތުގައި  26454 މީހަކު ރީ ރަޖިސްޓްރީވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

ރީ- ރަޖިސްޓްރީވެފައިވާ ގޮތުގެ ތަފްސީލް:

  • ރަށްރަށާއި މާލެއަށް: 24،429 މީހުން
  • ޖަލުތަކަށް : 1،326 މީހުން
  • ސިނާއީ ސަރަހައްދުުތަކުގައި: 11 މީހުން
  • މެލޭޝިޔާ: 499 މީހުން
  • ސްރީލަންކާ: 189 މީހުން

އިލެޚަޗްނސް ކޮމިޝަނުން ބުނީ މި އިންތިޚާބުގައި ޖުމްލަ 29 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓާނެކަމަށެވެ. އަދިސިނީޢީ މަސައްކަތްކުރާ އެއްވެސް ތަނެއްގައި ވޯޓު ފޮށި ނުބަހައްޓާނެކަމަށާއި، ބޭރުގެ އެއްވެސް ގައުމަކުން ވޯޓުފޮށީގެ އަދަދު ހަމަވާ ވަރަށް ރީރަޖިސްޓްރީވެފައި ނުވާތީ އެއްވެސް ޤައުމެއްގައިވެސް ވޯޓު ފޮށި ނުބަހައްޓާނެކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ތަންތަނުގައި ދިރިއުޅޭ އަދި މަސައްކަތްކުރާ ދިވެހިން، ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި، ރަޖިސްޓަރީ ކުރުމަށް މުއްދަތެއް ދޭނެކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ބަދަލު ނުކޮށްފިނަމަ އެ ފަރާތްތަކަށް ވޯޓު ލެވޭނީ ރަށްވެހިވެފައިވާ ރަށުގައިކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

election commission

ވޯޓުލުމަށް 26000އަށްވުރެ ގިނަ މީހުން ރީ- ރަޖިސްޓްރީ ވެފައިވޭ: އިލެކްޝަންސް

Election commission

އިންތިޚާބުތައް އެއްކޮށްލުމާ ގުޅޭ ވޯޓަށް ރައްޔިތުން ހޭލުންތެރިކުރުން މުހިންމު: އީސީ

election commission

ކައުންސިލް އިންތިހާބަށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދު ހަމަވަނީ

Election

އިންތިޚާބަށް ރީ-ރަޖިސްޓްރީވުމަށް ބާކީ އެއް ދުވަސް، އަވަހަށް ރަޖިސްޓްރީވުމަށް އެދިއްޖެ!

TTH_advertisement