ކުއްލި ޚަބަރު

ސައުދީން 15 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާކޮށްފި

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ބޭފުޅަކު އައްޔަންކުރައްވައިފި

ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައި ހުރި އުޅަނދުތަށް ނަގަން މިއަދު ފަށާނެ

ޑީއާރުޕީގެ 4 މިލިޔަން ރުފިޔާގެ ދަރަނި ދެއްކުމަށް ނަޝީދުގެ މައްޗަށް ޙުކުމެއް

Nasheed
ޑީއާރުޕީގެ ކުރީގެ ރައީސް ކާނަލް މުޙައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު އާމިރަށް ޑީއާރުޕީން ދައްކަންޖެހޭ 4 މިލިޔަން ރުފިޔާގެ ދަރަނި، ޑީއާރުޕީގައި އެންމެ ފަހުން ލީޑަރަކަށް ހުންނެވި މުޙައްމަދު ނަޝީދު ދައްކަވަން ޖެހޭނެކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި ފައިސާ ދައްކަން ޖެހުނީ، އަޙްމަދު އާމިރު ހިންގި ޕްރޮޑަކްޝަން ދެ ކުންފުންޏަކުން 2007 އިން ފެށިގެން 2009އަށް ޑީއާރުޕީގެ ބައެއް ހަރަކާތްތަކަށް ބޭނުންވާ ވީޑިއޯ އެޑިޓްކުރުމަށާއި، ސާމާނު ފޯރުކޮށްދީފައިވާ ޚިދުމަތަށްވާ 4.04 މިލިޔަން ރުފިޔާ ދައްކާފައި ނުވާތީއެވެ.

އެ ފައިސާ ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި އެކަނިވެސް 16.3 މިލިޔަން ރުފިޔާއާރާފައިވެއެވެ. ނަމަވެސް ހައިކޯޓުން ކުރިން ނިންމާފައިވަނީ ޖޫރިމަނާ އެއްކޮށް އުނިކުރުމަށްފަހު ޚިދުމަތަށްވާ އަގު އެކަނި ނަގައިދިނުމަށެވެ. އަދި އެ ޙުކުމަށް ސުޕްރީމް ކޯޓުންވެސް ވަނީ ތާޢީދުކޮށްފައެވެ. އެހެންކަމުން އަޙްމަދު އާމިރުގެ ފަރާތުން ވަނީ ޚިދުމަތުގެ އަގަށްވާ 4 މިލިޔަން ރުފިޔާ ތަންފީޒީ މައްސަލައެއްގެ ގޮތުގައި ސިވިލް ކޯޓަށް ހުށައަޅާފައެވެ. އެ މައްސލަ ކޯޓުގައި އޮއްވާ އިލެކްޝަންސް ކޮމިޝަނުން ވަނީ ސިޔާސީ ޕާޓީގެ ޝަރުތުތައް ޑީއާރުޕީގެ ހަމަނުވާކަމަށް ބުނެ އެޕާޓީ އުވާލާފައެވެ.

ޑީއާރުޕީ އުވާލިއިރުވެސް ގިނަ ޢަދަދެއްގެ ދަރަނި އޮތެވެ. އެހެންކަމުން އިލެކްޝަންސް ކޮމިޝަނުންވަނީ އެ ދަރަނިތަކުގެ ޒިންމާ ނަންގަވަންޖެހޭނީ އެޕާޓީ އުވާލިއިރު އެންމެ އިސް ފަރާތަކަށް ހުންނެވި މީހާކަމަށް ކަނޑައަޅާފައެވެ.  އޭރު އެޕާޓީ އުވާލިއިރު ރައީސަކަށް ހުންނެވީ ނަޝީދެވެ.

ނަޝީދުގެ މައްޗަށް އެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ އޭނާގެ ޣައިރު ޙާޒިރުގައެވެ. ޙުކުމުގައި ވަނީ ޚިދުމަތށްވާ އަގުކަމަށްވާ 4.04 މިލިޔަން ރުފިޔާ އާމިރަށް ލިބެންޖެހޭކަމށާއި، އެ ފައިސާ 14 ދުވަހުގެތެރޭގައި ދައްކާ ޚަލާސްކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

justice building

ކޭޕާކް ހިޔާނާތް: މިމަސް ނިމުމުގެ ކުރިން މީހަކަށް އެޕާޓްމެންޓާއި 1.9 މިލިޔަން ރުފިޔާ ދޭން ހުކުމެއް

ސިވިލް ކޯޓުގައި ގާއިމުކުރި ކޭސް މެނޭޖްމަންޓް ސިސްޓަމް އިފްތިތާހުކޮށްފި

justice building

މިދިޔަ އަހަރު ސިވިލް ކޯޓުގައި 5680 މައްސަލަ ރަޖިސްޓްރީކޮށްފައިވޭ

ali ashfaq

ދަރަނީގެ ފައިސާ ދެއްކުމަށް އަޝްފާގަށް ހުކުމްކޮށްފި

TTH_advertisement