ސައުދީން 15 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
މިކަމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓްރީއާ ކަދުރު ހަވާލުކޮށްދެއްވީ ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލް ގަހްތާނީއެވެ.
މިނިސްޓްރީއަށް 15 ޓަނުގެ ކަދުރު ހަދިޔާކުރި ނަމަވެސް ކޮންމެ އަހަރަކު ރޯދައަށް ދިވެހިން ރައްޔިތުންނަށް ބެހުމަށް ސައުދީ ފޮނުވާ 50 ޓަނުގެ ކަދުރު އަދި ރާއްޖެއަށް ނާދައެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ސައުދީން ދޭ 50 ޓަނުގެ ކަދުރު ޝިޕްމަންޓް މިވަގުތުވަނީ ރާއްޖެ އައުމުގެ މަގުމަތީގައެވެ. އަދި އެތަކެތި އައުމުން މުޅި ރާއްޖެއަށް ކަދުރު ބަހާނެކަމަށް މިނިސްޓްރީން ބުނެއެވެ.
ސައުދީ އަރަބިއްޔާއިން މިނިސްޓްރީއަށް ކަދުރު ހަދިޔާކޮށްފައިވާއިރު ސައުދީ ރަސްގެފާނު މުހައްމަދު ބިން އަބްދުލް އަޒީޒް އަލް ސައުދުގެ ފަރާތްޕުޅުން ކޮންމެ އަހަރަކުވެސް ރާއްޖޭގައި ކުރިއަށްގެންދާ ރޯދަވީއްލުމުގެ ހާއްސަ ޕްރޮގްރާމް މިހާރު ވަނީ ފަށާފައެވެ.
ކިޔުންތެރިންގެ ހިޔާލު