ހުޅުމާލޭ ސެންޓްރަލް ޕާކުގައި މާރާމާރީއެއް ހިންގިކަމުގެ ތުހުމަތުގައި ބިދޭސީ ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ނެރެފައިވާ ބަންދު އަމުރުތަކުން މިކަން ކަށަވަރުވެއެވެ.
އޭގެ ތެރެއިން އެކަކަކީ ބަންގްލަދޭޝްއަށް ނިސްބަތްވާ، 35 އަހަރުގެ މުހައްމަދު މޮޝަރޮފް އެވެ. ދެވަނަ މީހާއަކީ ހަމަ އެ ގައުމަށް ނިސްބަތްވާ، 36 އަހަރުގެ ނަޔަން މިއާ އެވެ.
ތުހުމަތުވާ ކުށް ކުރި ކަމަށް ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅައިފައިވާ ކަމަށް ކޯޓް އަމުރުގައިވެއެވެ.
އެ މާރާމާރީގައި އިތުރު ބައެއްގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް އަމުރުގައި ވެއެވެ. މާރާމާރީގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ އިތުރު ދެ މީހަކު ފިލާފައިވާ ކަމަށް ފުލުހުން ވަނީ ކޯޓުގައި ބުނެފައެވެ.
އެ ދެ މީހުންގެ ބަންދަށް ކޯޓުން ދިނީ ހަތް ދުވަހެވެ.
ކިޔުންތެރިންގެ ހިޔާލު