ކުއްލި ޚަބަރު

ބަނގުރާ ވިއްކި ދެ ބިދޭސީން ހައްޔަރުކޮށްފި

ވީއައިއޭ ޑޮމެސްޓިކް ޓާމިނަލް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލުކޮށްފި

ހޭންޑީ ވޯޓަރ ބިއްލޫރި ފުޅިތަކުން ޖަރާސީމެއް ފެނި ބޭނުންނުކުރަން އަންގައިފި

އަޅުގަނޑުމެން ޖެހޭ ދީނީ ކަންކަމާއެކު ހުރިހާ ޒިންމާތަކެއް ހަމަހަމަ ކަންމަތީގައި ކުރަން: ސާޖިދާ

madam saajida

މި ރަމަޟާން މަހު ދީނީ ކަންކަމާއެކު ހަވާލުވެފައިވާ ޒިންމާތައް ވެސް އަދާކުރުމަށާއި ހުރިހާ ކަމެއް ހަމަހަމަ ކަންމަތީގައި ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ގޮވާލައްވައިފިއެވެ.

ވެރިކަން ހިންގާ ޕީއެންސީގެ އަންހެނުންގެ ގޮފިން އާޓިފިޝަލް ބީޗްގައި ރޭ ބޭއްވި މާހެފުމުގައި ވާހަކަދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ ރަމަޟާން މަހު ހަމައެކަނި ނަމާދުކޮށްފައި ގުރުއާން ކިޔެވީމަ، ތިމަންނަގެ ޒިންމާ އެ އަދާވީ ނޫން ކަމަށާއި ހަވާލުވެފައިވާ ޒިންމާތަކަކީ ނަމާދުކޮށް ގުރުއާން ކިޔެވުމަށްފަހު، ހަވާލުވެފައިވާ ކަންތައްތައް ވެސް ރަނގަޅަށް ކުރުން ކަމަށެވެ.

“ދީނީ މިފަދަ މައްސަރަކާ އަޅުގަނޑުމެން ކުރިމަތިލާފައި ތިބި އިރު، އަޅުގަނޑުމެންގެ ދީނީ އަގީދާ ވަރުގަދަކުރުމާއެކީގައި ދީނީ ކަންކަމަށް މަސައްކަތްކުރާ ފަދައިން އަޅުގަނޑުމެންނާ ހަވާލުވެފައިވާ ޒިންމާތައް ވެސް އަޅުގަނޑުމެން އަދާކުރަން ޖެހޭނެ،” އެކަމަނާ ވިދާޅުވިއެވެ.

މެޑަމް ސާޖިދާ ވިދާޅުވީ ޕްލޭންކުރުމަށްފަހު ލޯކަލް ކައުންސިލު އިންތިހާބުގެ ކެމްޕޭންގެ މަސައްކަތްވެސް ކުރެވޭނެ ކަމަށާއި އަޅުކަމަށްފަހު އެ މަސައްކަތަށް ވެސް ވަގުތު ދެވޭނެ ކަމަށެވެ. އަދި ކޮންމެ ކަމެއްގައި ވެސް ދުނިޔެއާއި އާހިރަތުގެ ދެބައި ހަމަހަމަކުރަންޖެހޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

“އޮފީހުގައި އުޅޭ ގިނަ ބޭފުޅުން ފަހު ދިހައެއް އައީމަ ދެން އޮފީހަކަށް ނާންނާނެ، ސަލާމް ބުނާނީ. ދެން އެ ވަގުތު އަޅުގަނޑު ހިތަށް އަރަނީ އަޅުގަނޑުމެން މިތިބެނީ ރައްޔިތުންނަށް ހިދުމަތްދޭށޭ. އެހެންވެއްޖެއްޔާ ރޭ އަޅުކަން ކުރުމަށްފަހުގައި ވެސް އަޅުގަނޑުމެންގެ ހަވާލުވެފައިވާ ޒިންމާއަކުން އަޅުގަނޑުމެންނަށް ބަރީއައެއް ނުވެވޭނެއޭ. އަޅުގަނޑަށް ޔަގީން އިސްލާމްދީނަކީ ވަރަށް ފުރިހަމަ ދީނެއް. އަޅުގަނޑުމެން ޖެހޭ ހުރިހާ ކަމެއް ހަމަހަމަ ކަންމަތީގައި ކުރަން،” އެކަމަނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

PNC

ވޯޓަކާ ނުލައި ޕީއެންސީއަށް 69 ގޮނޑި ކަށަވަރުވެއްޖެ

ކައުންސިލު އިންތިހާބު ކޮންގުރެސްއިން ކާމިޔާބުކުރުމަކީ ގައުމީ މަސްއޫލިއްޔަތެއް: ޑރ.ޝަހީމް

Gasim ibrahim

ގައުމުގެ މަސްލަހަތަށްޓަކައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދޭންޖެހޭ: ގާސިމް

Mp Falah

ޓެރަރިޒަމް ގާނޫނަށް އެމްޑީޕީން ހުށަހެޅި އިސްލާހަށް ސަރުކާރުގެ ތާއީދު އެބައޮތް: ފަލާހު

TTH_advertisement