ކުއްލި ޚަބަރު

ވީއައިއޭ ޑޮމެސްޓިކް ޓާމިނަލް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލުކޮށްފި

ހޭންޑީ ވޯޓަރ ބިއްލޫރި ފުޅިތަކުން ޖަރާސީމެއް ފެނި ބޭނުންނުކުރަން އަންގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ވޭޕްތަކެއް ނައްތާލައިފި

އެސްއެއެމްއީ ޑިޖިޓަލް އިން މިހާތަނަށް ދޫކޮށްފައިވާ ހުރިހާ ލޯނެއް އިސްލާމިކް ފައިނޭންސިންއަށް ބަދަލުކުރުމަށް ހުޅުވާލައިފި

WhatsApp Image 2026 02 17 at 19.07.17

އެސްއެމްއީ ޑިޖިޓަލް އަކީ ޝަރީޢާ ހަމަތަކަށް ފެތޭ މާލީ އިދާރާއަކަށް ބަދަލުވުމަށް ކަނޑައަޅާފައިވާ އަމާޒުގެ ދަށުން، އެކުންފުނިން މިހާތަނަށް ދޫކޮށްފައިވާ ހުރިހާ ލޯނެއް ޝަރީޢާ ހުއްދަކުރާ އިސްލާމިކް ފައިނޭންސިންގ ފެސިލިޓީތަކަށް ބަދަލުކުރުމަށް ކަސްޓަމަރުންނަށް މިއަދު ހުޅުވާލައިފިއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ފެށި މި މަސައްކަތުގެ ފުރަތަމަ މަރުހަލާގައި އިސްކަންދީފައިވަނީ، އެކި ސަބަބުތަކާހުރެ ކުރިން ނަގާފައިވާ ލޯނުތަކަށް ފައިސާ ދެއްކުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ފަރާތްތަކަށެވެ. މިގޮތުން، ގިނަ ފަރާތްތަކެއްގެ ލޯނުތައް މިހާރު ވަނީ އިސްލާމީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޝަރީޢާ ހުއްދަކުރާ ފެސިލިޓީތަކަކަށް ބަދަލުކޮށްދީފައެވެ.

މިއަދު ހުރިހާ ކަސްޓަމަރުންނަށް ހުޅުވާލި މި ފުރުސަތުގެ ދަށުން، ފެސިލިޓީތައް އަލުން ތަރުތީބުކޮށް، މަހުން މަހަށް ދައްކަން ޖެހޭ އަދަދު އަދި ފައިސާ ދައްކާ ހަލާސްކުރުމުގެ މުއްދަތު އިތުރުކުރުން ފަދަ ލުއިތައް ލިބިގެންދާނެއެވެ. މީގެ އިތުރުން، ގަވާއިދުން ފައިސާ ނުދެއްކި ހުރި ފެސިލިޓީތައް ޝަރީޢާ ހުއްދަކުރާ އުސޫލުތަކުގެ ތެރެއިން، އަލުން ރެގިއުލަރައިޒް ކުރުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް ފަހިވެގެންދާނެއެވެ.

މިހާތަނަށް އިސްލާމިކް ފައިނޭންސިންގ އަށް ބަދަލުކުރުމުގެ އޮފާ ލިބިފައިނުވާ ހުރިހާ ފަރާތްތަކަށް އެސްއެމްއީ ޑިޖިޓަލްއިން ރީފައިނޭންސިންގ އޮފާ މިހާރު ވަނީ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ފޮނުވަން ފަށާފައިއެވެ. ފެސިލިޓީތައް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާނީ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ކަސްޓަމަރަށް ލިބިފައިވާ އޮފާ ގަބޫލުކުރުމުންނެވެ. އޮފާ ފޮނުވުމަށްފަހު، ފެސިލިޓީއަށް އަންނަ ބަދަލުތަކުގެ ތަފްސީލުތައް އެސްއެމްއީ ޑިޖިޓަލްގެ ފަރާތުން ކަސްޓަމަރުންނަށް ގުޅައިގެން ހިއްސާކުރާނެއެވެ.

އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، މިދިޔަ އޮކްޓޫބަރުގައި މި މަސައްކަތުގެ ފުރަތަމަ މަރުހަލާ ފަށާ ކާމިޔާބުކަމާއެކު ވަނީ ކުރިއަށްގެންދެވިފައި ކަމަށެވެ.

“އެސްއެމްއީ ޑިޖިޓަލްގެއަމާޒަކީ މިހާތަނަށް ދޫކޮށްފައިވާ ހުރިހާ ލޯނެއް އިސްލާމިކް އުސޫލުތަކުގެ ތެރެއިން ފައިނޭންސިން ކޮންޓްރެކްޓްތައް ބޭނުންކޮށްގެން ޝަރިޢާ ހަމަތަކުގެ މަތިން ދޫކުރާ ފެސިލިޓީތަކަށް ހެދުން، އަދި ވީހާވެސް އަވަހަކަށް އިސްލާމިކް ފައިނޭންސިންގ އިންޓިޓިއުޝަން އަކަށް ބަދަލުވުން. އަދި މި ބަދަލުގެ ތެރޭގައި ކަސްޓަމަރުންނަށްވެސް ވީހާވެސް ލުއިފަސޭހަ ފުރުސަތުތަކެއް ގެނެސްދިނުން”

ކަސްޓަމަރުންނަށް ފޮނުވާފައިވާ އޮފާގެ ތަފްސީލުތައް ބައްލަވައި، އެ އޮފާ ގަބޫލުކުރެއްވުމަށް އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓް  www.smedigital.mv ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވީއައިއޭ ޑޮމެސްޓިކް ޓާމިނަލް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލުކޮށްފި

health ministry

ހޭންޑީ ވޯޓަރ ބިއްލޫރި ފުޅިތަކުން ޖަރާސީމެއް ފެނި ބޭނުންނުކުރަން އަންގައިފި

98

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ވޭޕްތަކެއް ނައްތާލައިފި

78

ދ. އަތޮޅާއި ފ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފަށައިފި

TTH_advertisement