ކުއްލި ޚަބަރު

މިރެއިން ފެށިގެން އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް

ހިންމަފުށީ ސިއްހީ މަރުކަޒުގައި ލެބޯޓަރީގެ ހިދުމަތް އިފްތިތާހުކޮށްފި

އަދިވެސް ވައިގެ ނުސާފުކަން ނުރައްކާ މިންވަރުގައި

އިލެކްޝަންސް ކޮމިޝަނަށް ރިފްއަތު އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި

އިލެކްޝަންސް ކޮމިޝަނުން ހުސްވެފައިވާ ގޮނޑިއަށް އެ ކޮމިޝަނުގެ ވަކީލެއްގެ ގޮތުގައި މީގެކުރިން މަސައްކަތްކުރައްވަމުން ގެންދެވި ރިފްއަތު އަބްދުﷲ އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

ކޮމިޝަނުން ގޮނޑިއެއް ހުސްވެ އެ މަގާމަށް ކުރިމަތިލުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވައިލީ ކޮމިޝަނުގެ މެންބަރުގެ ގޮތުގައި ހުންނެވި ޑރ.މުހައްމަދު ޒާހިރުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ. ރައީސް އޮފީހުން އެ ފުރުސަތު ހުޅުވައިލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ނަންފުޅުތައް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިސްކަންދެއްވާ ތަރުތީބުން ތަރުތީބުކުރެއްވުމަށްފަހު މަޖިލީހަށް ފޮނުއްވިއިރު ލިސްޓުގެ އެންމެ ކުރީގައި އޮތީވެސް ރިފްއަތުގެ ނަމެވެ.

ރައީސް ފޮނުއްވި ނަންފުޅުތައް ދިރާސާކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިއްޔެ ނިންމީ ރިފްއަތު އެ މަގާމަށް އައްޔަންކުރުމަށް ރުހުން ދިނުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށެވެ.

މަޖިލީހުގެ ތަޅުމަށް ރިފްއަތުގެ ނަން ހުށަހެޅުމުން މަޖިލީހުގެ ތަޅުމުގައި މިއަދު ނެގި ވޯޓުގައި މަޖިލީހުގެ 58 މެންބަރުންވަަނީ އޭނާ ކޮމިޝަނުގެ މެންބަރުކަމަށް އައްޔަންކުރުމަށް ރުހުން ދިނުމަށް ވޯޓު ދެއްވާފައެވެ.

މިހާރު ރިފްއަތު މަސައްކަަތްކުރައްވަމުން ގެންދަބަނީ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ ޑިރެކްޓަރެއްގެ މަގާމުގައެވެ. ކުރިން އިލެކްޝަންސް ކޮމިޝަނުގެ ވަކީލެއްގެ ހައިސިއްޔަތުން އެ ކޮމިޝަނާ ދެކޮޅަށް ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގައި ރިފްއަތުވަނީ ކޮމިޝަން ތަމްސީލުކުރައްވާފައެވެ.

މިވަގުތު ކޮމިޝަނުގައި މެންބަރުންގެ ގޮތުގައި ތިއްބެވީ ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދާއި، މެންބަރު އަބްދުއްރަހުމާން ސޮލާހު ރަޝީދާއި ހަސަން ޒަކަރިއްޔާއާއި އަބްދުލްހަސީބު އިސްމާއީލެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majilis

ތިން ގައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަންކުރަން ރުހުންދީފި

majilis

ދަރިފުޅުގެ އުމުރުން 2 އަހަރު ވަންދެން ޑިއުޓީ ވަގުތުން ވަގުތު ދޭން ޤާނޫނަށް އިސްލާހެއް

Mp Falah

ޓެރަރިޒަމް ގާނޫނަށް އެމްޑީޕީން ހުށަހެޅި އިސްލާހަށް ސަރުކާރުގެ ތާއީދު އެބައޮތް: ފަލާހު

ފެންޝަން ފައިސާ ނެގޭ އިސްލާހަށް ލަފާ ހޯދަނީ

TTH_advertisement