ކުއްލި ޚަބަރު

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ވޭޕްތަކެއް ނައްތާލައިފި

ދ. އަތޮޅާއި ފ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފަށައިފި

ރައީސް ޑރ. މުއިއްޒު ބަންގްލަދޭޝްގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

ދެ އިންތިހާބު އެއްކުރަން އެމްޑީޕީން ވޯޓު ނުދިނީ ހަ މަހުގެ މުސާރަ އުނިވާތީ: ފަލާހު

Mp Falah

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ފާސްކުރަން ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީ މެންބަރުން ވޯޓު ނުދެއްވީ އެކަމުގެ ސަބަބުން ހަ މަހުގެ މުސާރަ އުނިވާނެތީ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ތުހުމަތު ކުރައްވައިފިއެވެ.

މި މޭރުމުން ފަލާހު ވާހަކަ ދެއްކެވީ ޕީއެންސީގެ މާފަންނު ކެމްޕޭނު އިފްތިތާހުކުރުމަށް މިރޭ ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުންނެވެ.

ދެ އިންތިހާބު ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް އާންމު ވޯޓު ނެގުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން މިއަދު ވަނީ ނިންމަވައިފައެވެ.

ފަލާހުގެ ވާހަކައިގައި ވަނީ އެ އިސްލާހާ ދެކޮޅަށް އެމްޑީޕީގެ މެންބަރުން ވޯޓު ދީފައިވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އޭގެ އިތުރުން މަޖިލީހުން ފާސްކުރާ އެހެނިހެން ރަނގަޅު އިސްލާހުތަކަށް ވެސް އެމްޑީޕީ މެންބަރުން ތާއީދުކޮށް ވޯޓު ނުދޭކަމަށް ވިދާޅުވިއެވެ.

“އެއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މުސާރައަށް ބަލައިފިއްޔާ 480،000 ރުފިޔާ، ފަސް ލައްކަ ރުފިޔާއަށްވެސް ވެދާނެ. ހަގީގީ މުސާރައަކީ 42،000 ރުފިޔާ، ދެން ކޮމެޓީ އެލަވަންސާ ކޮމެޓީތަކަށް ހާޒިރުވީމަ 80،000 ރުފިޔާއަށް އަރައިގެންދަނީ، އެއީ ސަބަބެއް ކަމަށް ފާހަގަވަނީ،” ފަލާހު ވިދާޅުވިއެވެ.

ފަލާހު ވަނީ އެ އިސްލާހަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓުގައި އެކަމަށް ފެންނަ ކަމަށް ވޯޓު ދެއްވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

“އެހެންވީމަ އަޅުގަނޑުމެންގެ ހުރިހާ ސަޕޯޓަރުން، ރާއްޖޭގެ ހުރިހާ ރައްޔިތުން އެބަޖެހޭ މިއީ ވަރަށް މުހިންމު ވޯޓެއް ކަމަށް ލަފާކުރެވޭތީ ރަނގަޅު ފާހަގަ މި ވޯޓުގައި ޖަހަން، މިއީ ވަރަށް މުހިންމު ވޯޓެއް، ވަރަށް މުހިންމު އިސްލާހެއް،” ފަލާހު

ރައީސް އޮފީހުން މިއަދު ބުނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކޮށްފައިވާ “ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު” ތަސްދީގުކުރެއްވުމުގެ ކުރިން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެންގެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ނިންމަވާފައިވާ ކަމަށެވެ.

އެ ބިލުގައި ހިމެނޭ އިސްލާހުތަކަކީ، ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީގުކުރެއްވުމުގެ ކުރިން، ގާނޫނުއަސާސީއަށް އެ އިސްލާހުތައް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގެ ދަށުން އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ފަސްވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމުކޮށްފައިވާ އިސްލާހުތަކެކެވެ.

ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުން، އެ ބިލުގައި ހިމެނޭ އިސްލާހުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކުރާ ހާލަތުގައި، ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީގުކުރާންވާނީ އެ އިސްލާހެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއްގައި، އެ އިސްލާހެއް ގެނައުމަށް، ވޯޓުދިން މީހުންގެ އަގުލަބިއްޔަތު ލިބިއްޖެނަމައެވެ.

އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ 31 ވަނަ މާއްދާގައި، ރައްޔިތުން ރުހޭތޯ ބެލުމަށްޓަކައި ނަގާ ވޯޓެއްގައި، އެ އިސްލާހު ގެނައުމަށް ވޯޓު ދިން މީހުންގެ އަގުލަބިއްޔަތު ލިބިއްޖެ ނަމަ، ވޯޓުގެ ރަސްމީ ނަތީޖާ އިއުލާންކުރާތާ 15 ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އެ ބިލެއް ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަންވާނެ ކަމަށާއި އެ އިސްލާހެއް ގެނައުމަށް އެ ވޯޓުގައި ވޯޓު ދިން މީހުންގެ އަގުލަބިއްޔަތު ނުލިބިއްޖެނަމަ އެ ބިލެއް ބާތިލުވާނެ ކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގައި ބަޔާންކޮށްފައިވާ ގޮތުން، ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލަކީ “ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ “ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު” ރައީސުލްޖުމްހޫރިއްޔާ ތަސްދީހުކުރެއްވުމަށް ފެނޭ ހެއްޔެވެ؟”، އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ކަނޑައަޅާފައިވާ ތާރީހަކީ ކުރިއަށްއޮތް “ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026” ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފައިވާ އަންނަ އެޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހެވެ.

ރައީސް އޮފީހުން ބުނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގަރާރު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރުމާއެކު، ގާނޫނުގައިވާ ގޮތުގެ މަތީން ވޯޓު ނެގުމުގެ ކަންކަން ކުރިޔަށް ގެންދިޔުމަށްޓަކައި އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ދ ދިރާސާ
އަދި ކިރިޔާ ދޯ ތި ރޭކާލަނި

ގުޅުންހުރި

election commission

ރީ-ރަޖިސްޓްރީ ކުރުން ހޯމަ ދުވަހާ ހަމައަށް

Election

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

Mp Falah

ޓެރަރިޒަމް ގާނޫނަށް އެމްޑީޕީން ހުށަހެޅި އިސްލާހަށް ސަރުކާރުގެ ތާއީދު އެބައޮތް: ފަލާހު

election commission

އިންތިހާބަށް ރީ-ރަޖިސްޓަރީ ވުމަށް ހުޅުވާލައިފި

TTH_advertisement