ކުއްލި ޚަބަރު

ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

ގެއްލުނު އިމްތިޔާޒު ފުލުހުންގެ އިދާރާއަށް ހާޒިރުވެއްޖެ، ހާލު ރަނގަޅު

ސައުދީ ރަސްގެފާނުގެ އެހީގައި ރާއްޖޭގައި ކޮންމެ ދުވަހަކު 150 މީހުންނަށް ރޯދަވީއްލުމެއް ދެނީ

ޖެނުއަރީ މަހު ދައުލަތުގެ އާމްދަނީއަށް ބޮޑު ކުރިއެރުމެއް، ޖުމްލަ އާމްދަނީ %33.1 މައްޗަށް

mira

މި އަހަރުގެ ފުރަތަމަ މަހު ދައުލަތަށް ލިބުނު އާމްދަނީ ފާއިތުވި 2025 ވަނަ އަހަރުގެ ޖަނަވަރީ މަހާ އަޅާބަލާއިރު 33.1 އިންސައްތަ އިތުރުވެފައިވާކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ތަފާހިސާބުތަކުން ދައްކައިފިއެވެ.

މީރާއިން އާއްމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ޖަނަވަރީ މަހު ޖުމްލަ 4.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. 2025 ވަނަ އަހަރުގެ ޖަނަވަރީ މަހު ލިބުނީ 3.3 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ. އެހެންކަމުން މި އަހަރުގެ ޖަނަވަރީ މަހު މީރާއަށް ލިބުނު އާމްދަނީވަނީ 33.1 އިންސައްތަ އިތުރުވެފައެވެ.

ދައުލަތަށް ޖަނަވަރީ މަހު ލިބުނު އާމްދަނީ އިތުރުވި ސަބަބުތަކުގެ ތެރޭގައި ބޭންކު ޕްރޮފިޓު ޓެކުހާއި ލޭންޑް އެކުއިޒިޝަން ކޯސްޓާއި، ޓޫރިޒަމް ދާއިރާއިން ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. ފާއިތުވި އަހަރުގެ ޑިސެންބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އޭގެ ކުރީ އަހަރުގެ ޑިސެންބަރު މަހާ އަޅާބަލާއިރު %7 އިތުރުވިއެވެ. ނަތީޖާއެއްގެ ގޮތުން ޖަަނަވަރީ މަހުގައި ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ހަމައެހެންމެ އާމްދަނީން ނަަގާ ޓެކުސް ދެއްކުމުގެ މުއްދަތު ޖަނަވަރީ މަހުގައި ހަމަވުމާއެކު އެ މަސް ތެރޭގައި ބޭންކު ފައިދާގެ ޓެކުސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވިއެވެ.

ޓެކުހުގެ އާމްދަނީގެ ގޮތުގައި ޖަނަވަރީ މަހު ލިބުނީ 3.7 ބިލިއަން ރުފިޔާއެވެ. އެއީ އެ މަހު ލިބުނު އާމްދަނީގެ 84.2 އިންސައްތައެވެ. އަދި މި އަހަރުގެ ޖަނަވަރީ މަހު ޓެކުހުން ލިބުނު އާމްދަނީވަނީ ކުރީ އަހަރުގެ ޖަނަވަރީގައި ޓެކުހުން ލިބުނު އާމްދަނީއަށްވުރެ ގާތްގަނޑަކަށް 700 މިލިއަން ރުފިޔާ އިތުރުވެފައެވެ.

ޓެކުސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީވެސް ކުރީ އަހަރަށްވުރެ މި އަހަރުގެ ޖަނަވަރީ މަހުގައި އިތުރެވެ. އެގޮތުން ފާއިތުވި އަހަރުގެ ޖަނަވަރީ މަހު ޓެކުސް ނޫން ގޮތްގޮތުން ލިބުނީ 328.1 މިލިއަން ރުފިޔާއެވެ. މި އަހަރު އެ އަދަދުވަނީ 700.8 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އެއީ 113.1 އިންސައްތައިގެ އިތުރުވުމެކެވެ.

ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް މި އަހަރު އައު ސިޔާސަތުތަކެއް ތަންފީޒުކުރުމަށް 2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިނުވެއެވެ. ނަމަވެސް ވިޔަފާރިތަކަށް ލިބޭ ކުރިއެރުމާއި އިގުތިސާދީ ހަރަކާތްތައް އިތުރުވުމާއެކު މި އަހަރު 40.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށް ސަރުކާރުން ލަފާކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mira

އިންކަމް ޓެކްސްގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ

mira

އާމްދަނީ ޓެކްސް ނުދައްކާ 25 ފަރާތެއްގެ ނަން މީރާއިން އާންމުކޮށްފި

TTH_advertisement