ކުއްލި ޚަބަރު

ޕޮލިސް ކޮމިޝަނަރު ނަވީން ރިޓަޔާކުރައްވަނީ

ސްކޭމްގެ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފި

ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގާ އިސް މީހަކު ހައްޔަރުކޮށްފި

މި އަހަރުގެ ރަމަޟާން މަހުގެ ރަސްމީ ގަޑިއަކީ 9 އިން 1 އަށް

civil service office

އަހަރުގެ ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަނޑައަޅުއްވައިފިއެވެ.

ރައީސް އޮފީހުން ނެރުއްވި އެންގެވުމެއްގައިވާ ގޮތުން، މިއަހަރުގެ މަސައްކަތު ގަޑިތައް ހަމަޖެހިފައިވަނީ ކުރީ އަހަރުތަކެކޭ ވެސް އެއްގޮތަށެވެ. މިއީ ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ ދާއިމީ އުސޫލެކެވެ. އެގޮތުން 2022 ވަނަ އަހަރުގެ މާރިޗު މަހުގެ 6 ވަނަ ދުވަހު ރައީސް އޮފީހުން ނެރުއްވި ދެންނެވުމުގައި ވަނީ، ކޮންމެ އަހަރެއްގެވެސް ރޯދަ މަހުގެ ރަސްމީ ގަޑިއަކީ ހެނދުނު 9 އަކުން 1 އަކަށް ކަމުގައި ކަނޑައަޅުއްވާފައެވެ.

އާންމު މަސްތަކަށްވުރެ ރޯދަ މަހުގެ މަސައްކަތު ގަޑިތައް ކުރުކުރައްވާފައިވަނީ، ރޯދަ ހިފާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމަށާއި ދީނީ ކަންކަމާއި އަޅުކަމުގައި ޝާމިލުވެ އުޅުމަށް ވަގުތު ހޯދައިދިނުމުގެ މަޤްޞަދުގައެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ އަހަރުން ފެށިގެން ރަމަޟާން މަހުގެ ފަހު ދިހަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ވެސް ހަމަޖައްސަވާފައެވެ. މިއީ ރޭއަޅުކަމާއި ދީނީ ކަންކަމަށް ވީހާވެސް ބޮޑަށް ރައްޔިތުންނަށް ފުރުސަތު ފަހިކޮށްދެއްވުމަށް އެމަނިކުފާނު ނިންމަވާފައިވާ މުހިންމު ނިންމެވުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mudalu zakaai

ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފިޠުރު ޒަކާތް ބަލައިގަންނާނެ

ramazan moom

ރަމަޟާން މަހުގެ ހަނދު ބެލުން މި މަހުގެ 17 ވާ އަންގާރަ ދުވަހު

mosque , miskih, khuthuba

މިއަހަރުގެ ރޯދަ މަހު މާލެ ސަރަހައްދުގެ 24 މިސްކިތެއްގައި ޚަތިމްކޮށް ތަރާވީޙް ނަމާދު ކުރަނީ

ރަމަޟާން މަހު އަތޮޅު އިޙްޔާ 10 ރަށެއްގައި ބޭއްވުމަށް ހަމަޖައްސައިފި

TTH_advertisement