ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ރިޓަޔާ ކުރައްވަން ނިންމަވައިފިއެވެ.
މި ސަރުކާރުގެ ދެ ވަނަ ޕޮލިސް ކޮމިޝަނަރު ނަވީން އެ މަގާމާއި ހަވާލުވެވަޑައިގެންނެވީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ.
ރިޓަޔާ ކުރަން ނިންމެވިކަން ނަވީން މިހާރު ވަނީ ފުލުހުންގެ އިސްވެރިންނަށް ވެސް އަންގަވައިފައެވެ.
ނަވީން ޕޮލިސް ކޮމިޝަނަރު ކަމާ ހަވާލުވެވަޑައިގެންނެވީ އެ މަގާމުގައި ކުރިން ހުންނެވި އަލީ ޝުޖާއު މިދިޔަ އަހަރުގެ އޭޕްރީލް މަހު ކުއްލި ގޮތަކަށް ރިޓަޔާ ކުރެއްވުމުންނެވެ.
ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަޑާ ހިލާފަށް އަމަލުކުރެއްވި ކަމަށް ތުހުމަތު މިދިޔަ ނޮވެންބަރު މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ވަނީ، ސީޕީ ނަވީން ހިމެނޭ ގޮތަށް، ފުލުހުންގެ އިސް އޮފިސަރުންތަކެއް ސަސްޕެންޑުކުރަން ލަފާދޭން ނިންމައިފައެވެ.
ކިޔުންތެރިންގެ ހިޔާލު