ކުއްލި ޚަބަރު

ޓައިމް މެގަޒިންގެ ސިއްހީ ދާއިރާގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓަށް ރައީސް މުއިއްޒު

ޑްރަގް އެތެރެ ކުރި މައްސަލައެއްގައި ޕާކިސްތާން މީހަކު އުމުރަށް ޖަލަށް

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

“މޯލްޑިވްސް މެރިން އެކްސްޕޯ 2026” ގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބައިވެރިވެއްޖެ

ހުޅުމާލެ ސެންޓްރަލް ޕާކުގައި މި ފެބުރުވަރީ މަހުގެ 5 އިން 8 އަށް ކުރިއަށް ގެންދިޔަ މި އެކްސްޕޯއަކީ މޯލްޑިވްސް ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ އެކްސްޕޯއެކެވެ.

މި އެކްސްޕޯގައި މި ޚިދުމަތުގެ ފަރާތުން މެރިން ޕޮލިހުން ބައިވެރިވެ ސްޓޯލެއް ގާއިމުކޮށްފައިވެއެވެ. އަދި މި ސްޓޯލަށް ޒިޔާރަތްކުރި ފަރާތްތަކަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ. މިގޮތުން މެރިން ޕޮލިހުގެ މަސައްކަތްތަކާއި، ބޭނުންކުރާ އާލާތްތަކާއި، މެރިން ޕޮލިހުގައި ހުރި ފުރުސަތުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

މޯލްޑިވްސް މެރިން އެކްސްޕޯއަކީ ވިޔަފާރީގެ ފުރުސަތުތައް ހޯދައިދިނުމާއި ކަނޑު ދަތުރުފަތުރާއި މެރިން ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުން އެއްތަނަކުން ބައްދަލުވެ އައު ކަސްޓަމަރުންނާއި ޕާޓްނަރުން ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމާއި އައު އުފެއްދުންތައް ތައާރަފުކުރުމާއި އެންމެ ފަހުގެ އުޅަނދުފަހަރާއި، މެރިން އިންޖީނު އަދި ޒަމާނީ ޓެކްނޮލޮޖީ އާންމުންނަށާއި ވިޔަފާރިވެރިންނަށް ދައްކައިލުމަށް ބާއްވާ އެކްސްޕޯއެކެވެ. އަދި ނެޓްވޯކްއިން ރާއްޖެއާއި ރާއްޖެއިން ބޭރުގެ މެރިން ދާއިރާގެ ތަޖުރިބާކާރުން އެއްވެ، މައުލޫމާތާއި ހިޔާލު ބަދަލުކުރުމަށް މަގުފަހިކުރުމާއި ސިނާއަތް ކުރިއެރުވުމަށް ރާއްޖޭގެ އިގުތިސާދުގެ މުހިންމު ބައެއް ކަމުގައިވާ ކަނޑުގެ ސިނާއަތް އިތުރަށް ފުޅާކޮށް އާންމުން ހޭލުންތެރިކުރުމުގެ ގޮތުން މޫދު ކުޅިވަރާއި، ޑައިވިންގ އަދި ކަނޑާ ގުޅުން ހުރި އެކި ދާއިރާތަކަށް އާންމުންގެ ޝައުގުވެރިކަން އިތުރުކުރުމެވެ.

މި އެކްސްޕޯގައި ބައިވެރިވެފައިވަނީ ކަނޑާ ގުޅުން ހުރި ތަފާތު ސިނާއަތްތަކުންނެވެ. އޭގެތެރޭގައި އޮޑިދޯނިފަހަރު ބަނުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މަޝްހޫރު ބޯޓު ބިލްޑަރުން ހިމެނެެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

police

ހުއިފިލަނޑާތަކެއް ނީލަން ކިޔަން ނިންމީ ޕީޖީގެ ލަފާ ލިބިގެން: ފުލުހުން

police

ބިޒްނަސް އީމެއިލް ކޮމްޕްރޮމައިޒްކޮށްގެން ހިންގާ ސްކޭމްތަކަށް ސަމާލުވާން އެދިއްޖެ

ސުނާމީބިނާ ސަރަހައްދުގައި ހުރި އުޅަނދުތައް ނެގުމަށް އަންގައިފި

ޑްރަގް މައްސަލައެއްގައި ނައިފަރުން ދެމީހަކު ހައްޔަރުކޮށްފި

TTH_advertisement