ކުއްލި ޚަބަރު

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

2 އިންތިޚާބު އެއްކޮށްލަން މަޖިލީހުން ފާސްކޮށްފި

އަހަރަކަށްވުރެ ގިނަ ދުވަސްވީ މައްސަލަތައް އަވަހަށް ނިންމަން ޓާސްކު ފޯހެއް އެކުލަވާލައިފި

Supreme Court

އަހަރަކަށްވުރެ ގިނަ ދުވަސްވީ މައްސަލަތައް އަވަހަށް ނިންމަން ޓާސްކު ފޯހެއް އެކުލަވާލަން ނިންމާފައިވާ ކަމަށް އުއްތަމަފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ކުރައްވާފައިވާ އިއުލާނާ އެއްގޮތަށް ޓާސްކު ފޯސް އެކުލަވާލައިފި އެވެ.

ދިވެހިރާއްޖޭގެ ސުޕްެރީމް ކޯޓުން ބުނީ އެ ޓާސްކު ފޯސް މިއަދު އެކުލަވާލައްވާފައިވާ ކަމަށެވެ. ޓާސްކު ފޯސް އެކުލަވާލައްވާފައިވަނީ އެކި މަރުހަލާތަކުގެ ކޯޓްތަކުން ތަމްސީލުވާ ގޮަތަށް ނުވަ މެންބަރުންގެ މައްޗަށެވެ.

“ޤަޟާޢީ އަހަރު 2026” އިފްތިތާޙު ކުރުމަށް މި މަހުގެ އަށްވަނަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ އިންސާފު ލަސްވުމަކީ އިންސާފު ނުލިބުން ފަދަ ކަމެކެވެ.

މިހާތަނަށް ނުނިމިވާ ވަރަށް ގިނަ ދުވަސްވެފައިވާ މައްސަލަތައް އެބަހުރި ކަމަށާ އެގޮތުން ނުނިމި އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ 13,032 މައްސަލަ އެބަ އޮތް ކަމުގައި ވިދާޅުވި އެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ މި އަހަރު ޝަރުއީ ދާއިރާއިން ހާސިލުކުރަން ބޭނުންވާ އެންމެ މުހިންމު އެއް ލަނޑުދަނޑިއަކީ ގިނަ ދުވަސްވެފައިވާ މައްސަލަތައް ނިންމާ ބެކްލޮގް ފިލުވާލުން ކަމަށެވެ.

“2026 ވަނަ އަހަރު ޝަރުއީ ދާއިރާއިން ހާސިލުކުރަން ބޭނުންވާ އެންމެ މުހިންމު އެއް ލަނޑުދަނޑިއަކީ އިންސާފު ލަސްވެފައިވާ މައްސަލަތަކަށް އަމާޒުކޮށްގެން ހާއްސަ މަސައްކަތްތަކެއް ކޮށް އެ މައްސަލަތަކުގައި އިންސާފު ގާއިމު ކުރުން,”

އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި މި މައްސަލަތަކަށް އިންސާފު ގާއިމުކުރާނީ މި އަހަރު އަލަށް ރަޖިސްޓްރީވާނެ ކަމަށް ލަފާކުރެވޭ 21,000 ހާސް މައްސަލަ ވެސް މަޑުޖެހުމެއް ނެތި ކުރިއަށް ގެންދެވޭނެ ގޮތަށް ރާވައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު
TTH_advertisement