ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާއި ގުޅިގެން، އިލެކްޝަންސް ކޮމިޝަނާއި ދިވެހި ފުލުހުންގެ ހިދުމަތާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ މި އަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދެވެ. އަދި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީނެވެ.
އެގޮތުން މި އެއްބަސްވުމުގެ ދަށުން ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުމުގައި ފުލުހުންގެ ހިދުމަތުން ދޭން ޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދޭނެއެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި ޑަބްލިޔުޑީސީގެ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ މި އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 04:00 އަށެވެ.
ކިޔުންތެރިންގެ ހިޔާލު