ކުއްލި ޚަބަރު

އައްޑޫ ސިޓީ އާއި ހުޅުދޫ އާއި މީދޫގެ އިދާރީ ދާއިރާތަކުގެ އިޚްތިޞާޞަށް ބަދަލުގެންނަވައިފި

ފަސް ރަށެއްގައި ފުޓުބޯޅަ ދަނޑު އަޅަން ބަޔަކާ ހަވާލުކޮށްފި

ކެންދޫގެ އާ އިންޖީނުގެ އާއި ފެނަކަ އޮފީސް ހުޅުވައިފި

ސާފްގެ ރަންތަށި ހިއްލާލައި ޤައުމީ ފުޓްސަލް ޓީމަށް ކުލަގަދަ އަދި ހޫނު މަރުހަބާއެއް

futsal team

ތައިލެންޑުގައި ބޭއްވުނު ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކޮށް، މުބާރާތުގެ ޗެމްޕިއަންކަން ހޯދި ދިވެހި ޤައުމީ ފުޓްސަލް ޓީމު މިއަދު ރާއްޖެ އައުމުން، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އެ ޓީމަށް ކުލަގަދަ އަދި ހޫނު މަރުހަބާއެއް ކިޔައިފިއެވެ. މި ތާރީޚީ ކާމިޔާބީއާއެކު ޓީމު ރާއްޖެ އައުމުން، އެއާޕޯޓުން އެންމެ ފުރަތަމަ މަރުހަބާ ވިދާޅުވީ ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަޙްމަދު ޠާރިޤްއެވެ.

ރަސްމީކޮށް މަރުހަބާ ކިޔުމުގެ ކަންކަން ކުރިއަށްދިޔައިރު، ވީއައިއޭގެ ވީއައިޕީ ލައުންޖުގައި ކުޅުންތެރިންގެ އާއިލާތަކުން ވެސް ވަނީ މި އުފާވެރި ވަގުތުގައި ބައިވެރިވެ، ކުޅުންތެރިންނަށް މަރުހަބާ ކިޔާފައެވެ. މި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުންނާއި، އާންމު ރައްޔިތުންނަށް ޓީމާއެކު އުފާފާޅުކުރުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ޚާއްޞަ ހަރަކާތެއް ހެންވޭރު އާޓިފިޝަލް ބީޗުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތުގެ ތެރެއިން ހަވާއެރުވުމާއި، ޤައުމީ ހީރޯއިންނާއެކު ފޮޓޯ ނެގުމުގެ ފުރުޞަތު ސަޕޯޓަރުންނަށް ލިބިގެންދާނެއެވެ.

ދިވެހި ޓީމުން މި ފަހަރުގެ ތަށި އުުފުލާލީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތައިން ސައްތަ ރެކޯޑަކާއެކުގައެވެ. އަދި ގިނަ މެޗުތައް ދިވެހި ޓީމުން ކާމިޔާބުކޮށްފައިވަނީ ވާދަވެރި ޓީމުތަކުގެ މައްޗަށް ތަފާތު ބޮޑު ނަތީޖާތަކެއް ނެރެގެންކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފުޓްސަލް ޓީމަށް މަރުހަބާ ކިޔުމަށް މިރޭ ހަވާ އަރުވަނީ

ކޭމްޕަށް ޤައުމީ ފުޓްސަލް ޓީމު ޗައިނާއަށް

TTH_advertisement