ކުއްލި ޚަބަރު

އައްޑޫ ސިޓީ އާއި ހުޅުދޫ އާއި މީދޫގެ އިދާރީ ދާއިރާތަކުގެ އިޚްތިޞާޞަށް ބަދަލުގެންނަވައިފި

ފަސް ރަށެއްގައި ފުޓުބޯޅަ ދަނޑު އަޅަން ބަޔަކާ ހަވާލުކޮށްފި

ކެންދޫގެ އާ އިންޖީނުގެ އާއި ފެނަކަ އޮފީސް ހުޅުވައިފި

ސައުތު އޭޝިއަން ސުޕަކަޕްގެ ޗެމްޕިއަން، ގައުމީ ފުޓްސަލް ޓީމަށް އެއް މިލިއަން ރުފިޔާގެ ބޯނަހެއް

ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައިވާތީ ފުޓްސަލް ޓީމަށާއި ސްރީލަންކާގައި މިދިޔަ އަހަރު ބޭއްވި ސުޕަ ކަޕްގެ ޗެންޕިއަންކަން ހޯދި ފުޓުބޯޅަ ޓީމަށް އެއް މިލިޔަން ރުފިޔާގެ ބޯނަހެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ ރައީސް މުއިއްޒު ނިންމަވާފައިވަނީ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ހިމެނޭ ގޮތަށް މުޅި ޓީމަށް މި ބޯނަސް ދިނުމަށް ކަމަށެވެ.

ކުޅިވަރު ވަޒީރު ވިދާޅުވީ މިއީ ރައީސުލްޖުމްހޫރިއްޔާ މިދިޔަ އަހަރުގެ އޮކްޓޫބަރު 2 ގައި ގައުމީ ޓީމާއެކު ސިޓްރޮން ރެސްޓޯރެންޓުގައި ބޭއްވެވި ބައްދަލުކުރެއްވުމެއްގައި ނިންމަވާފައިވާ ނިންމެވުމެއް ކަމަށެވެ. މީގެ އިތުރުން ވަޒީރު ވިދާޅުވީ އެ ފައިސާ ކުޅުންތެރިންނާ ހަވާލުކުރަނީ ފުޓުބޯޅަ އެސޯސިއޭޝަން މެދުވެރިކޮށް ކަމަށެވެ.

ސައުތު އޭޝިއަން ސުޕަކަޕްގެ ޗެމްޕިއަން ހޯދުމާ ގުޅިގެން ގައުމީ ޓީމަށް ގަލޮޅު ދަނޑުގައި މަރުހަބާ ކިޔުން — ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލްް
ގައުމީ ޓީމުގެ ކުޅުންތެރިން ހޯދާ މިފަދަ ކާމިޔާބީތަކުގެ އަގުވަޒަންކޮށް ސަރުކާރުން ކުޅުންތެރިންނަށް ފައިސާގެ އިނާމު ދޭން ނިންމާފައިވާއިރު ފުޓުބޯޅަ އާއި ފުޓްސަލްގެ އިތުރުން އެހެނިހެން ކުޅިވަރުތަކުން ރާއްޖެއަށް ރީތި ނަން ގެނެސްދޭ ކުޅުންތެރިންނަށް ވެސް ސަރުކާރުން ހިތްވަރު ދިނުމުގެ ގޮތުން ފައިސާގެ އިނާމު ދެއްވައެވެ.

ކުޅުންތެރިންގެ ފެންވަރު މަތިކޮށް ބައިނަލްއަގްވާމީ މައިދާނުގައި ދިވެހި ކުޅުންތެރިން ހޯދާ ކާމިޔާބީތައް އިތުރު ކުރުމަށް އެސޯސިއޭޝަންތަކާ ގުޅިގެން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ވަނީ މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ފުރަތަމަ ސާފް ފުޓްސަލް ތަށި ރާއްޖެއަށް ހޯދައިދީފައެވެ.

މީގެ އިތުރުން ގައުމީ ފުޓްބޯޅަ ޓީމުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ސްރީލަންކާގައި ބޭއްވި ސައުތު އޭޝިއަން ސުޕަ ކަޕް ކާމިޔާބުކޮށްފައިވާތީ ގައުމީ ޓީމަށް ވެސް ބޯނަސް ފައިސާ ދިނުމަށް ވަނީ ނިންމަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފުޓްސަލް ޓީމަށް މަރުހަބާ ކިޔުމަށް މިރޭ ހަވާ އަރުވަނީ

futsal team

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް: ރާއްޖެ ތާވަލްގެ އެއްވަނައިގައި

އަމާޒަކީ ސާފް ފުޓްސަލް ތަށި މިފަހަރު ހޯދުން: އިމްރާން

TTH_advertisement