ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވިފައިވާ ސަނީ އުމަރު މިއަދު ރާއްޖެ އައުމާއެކު އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް (އެފްސީޕީޑީ)އަށް ހާޒިރުކޮށް ކުރެވިފައިވާ ތުހުމަތާ ގުޅިގެން ސުވާލުކުރަމުން އަންނަ ކަމަށެވެ.
ސަނީ އުމަރަށް ތުހުމަތު ކުރެވެނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުދިންތަކަކާ ޖިންސީ އަމަލު ހިންގި ކަމުގެ ތުހުމަތެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހަޅަން އާއިލާއިން ބޭނުންނުވާތީ، އަނިޔާ ލިބުނު ކުދިންނަށް އިންސާފު ލިބޭނެ ގޮތެއް ނެތުމުން މިކަން މުޅި ގައުމުގެ ސަމާލުކަމަށް ގެނައީ ސޯޝަލް މީޑިއާ އިންނެވެ.
އެގޮތުން އެ މައްސަލައިގައި އިންސާފު ގާއިމްކުރަން ހުރަސްއަޅާ ފަރާތްތަކުގެ ފޮޓޯއާއި ވަނަވަރު ހާމަކުރާނެ ކަމަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދިޔައީ ބުނަމުންނެވެ. އެއާއެކު މައްސަލަ ފުލުހުންނަށް ހުށަހެޅުމަށް އާއިލާއަށް މަޖުބޫރުވިއެވެ.
އިތުބާރު ހުރިގޮތަކަށް މައުލޫމާތު ލިބިފައިވާގޮތުގައި ފުލުހުންނަށް މައްސަލަ ހުށަނާޅައި ސަނީ އުމަރަށް އަނިޔާއެއް ދިނުމަށް ބައެއް ފަރާތްތަކުން މަޝްވަރާކޮށްފައިވެއެވެ. ނަމަވެސް ސޯޝަލް މީޑިއާގެ ސަބަބުން އެކަން ނާކާމިޔާބުވެ، ގާނޫނީ ހަމަތަކުގެ މަތިން މައްސަލަ ބެލުމަށް މިވަނީ މަގުފަހިވެފައެވެ.
ކިޔުންތެރިންގެ ހިޔާލު